ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބާސެލޯނާ

މުސާރައިގެ 70 ޕަސެންޓް ދަށްކުރަން އެއްބަސް: މެސީ

ބާސެލޯނާގެ ސީނިއާ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ މުސާރައިގެ 70 ޕަސަންޓް ދަށް ކުރަން މެސީ އާއި އޭނާގެ ޓީމްމޭޓުން އެއްބަސް ވެފައިވާ ކަމަށް، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ކުޅުންތެރިންގެ މުސާރަ ދަށް ކުރުމުގެ ކަންކަމުގައި، ކުލަބުގެ ބޯޑާއި ބާސެލޯނާގެ ކުޅުންތެރިންގެ މެދުގައި ހިޔާލުތަފާތުވުން ތަކެއް އުފެދުނެވެ. ބާސާގެ ކުޅުންތެރިންގެ މުސާރަ ދަށް ކުރުމުގެ ވާހަކަތައް މިދިޔަ ހަފުތާއިން ފެށިގެން ދަނީ ދެކެވެމުންނެވެ. އެހެން ނަމަވެސް އިއްޔެ އާ ހަމަށް އެ ޓީމުގެ ކުޅުންތެރިޔެއްގެ ފަރާތުން ވެސް އެކަމާ ބެހޭ އެއްވެސް އެއްޗެއް ބުނެފައި ނުވުމުން، ސްޕެއިންގެ މީޑިއާއިން ތުހުމަތު ކުރީ ބާސާގެ ހުރިހާ ކުޅުންތެރިން މުސާރަ ކުޑަ ކުރަން އެއްބަސް ނުވާ ކަމަށެވެ.

އެހެން ނަމަވެސް، އެވާހަކަތައް ދޮގު ކުރަމުން، އިންސްޓަގްރާމްގައި މެސީ ކުރި ޕޯސްޓްގައި ބުނެފައި ވަނީ، ކުއްލި ނުރައްކަލުގެ މި ހާލަތަކީ އުނދަގޫ ހާލަތެއްކަން ކުޅުންތެރިންނަށް ގަބޫލު ކުރެވޭ ކަމަށާއި އެހެންވެ މުސާރަ ދަށް ކުރުމާމެދު އެއްވެސް ކުޅުންތެރިޔަކު އިއުތިރާޒު ނުކުރާ ކަމަށެވެ.

"ބައެއް ފަހަރު އަހަރެމެން ހުންނާނެ އަމިއްލައަށް ވެސް މުސާރަ ކުޑަ ކޮށް ނަގާފަ، އެއީ އެ ވަގުތުތަކަކީ ކުލަބަށް މުހިންމު ވަގުތުތަކެއް ކަމަށް ދެކިގެން ކުރާ ކަމެއް،" މެސީގެ ބަޔާނުގައި ބުނެފައި ވެއެވެ. "އެހެންވީމަ ކުލަބުން ކުޅުންތެރިންގެ މުސާރަ ދަށް ކުރަން ހުށަހެޅުމަކީ އަހަރެމެން ހައިރާން ވާންވީ ކަމެއް ނޫން، ކުލަބުގެ ހާލަތަށް ބަލާފައި ދޭތެރެދޭތެރެއިން އަހަރެމެން ކުރާ ކަމެއް އެއީ."

މެސީ ބުނީ، އެއްބަސް ވުމަކަށް އާދެވުމުގައި ލަސްތަކެއް ހޭދަވީ، ކުލަބާއި ކުލަބުގެ އާދައިގެ ވަޒީފާ ތަކުގައި ތިބި މުވައްޒަފުންނަށް އެހީ ވުމަށް ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ކުރެވޭނެ ކަމަކީ ކޮބައިތޯ ބަލަން ހޭދަވި ވަގުތެއް ކަމަށެވެ. އަދި ކުލަބުގެ އާދައިގެ ވަޒީފާ ތަކުގައި ތިބި މުވައްޒަފުންނަށް މި އުނދަގޫ ހާލަތުގައި ވެސް 100 ޕަސަންޓްގައި މުސާރަ ލިބިދޭން ކުޅުންތެރިން ބޭނުންވާ ތީ 70 ޕަސަންޓްގެ ދަށް ކުރުމަށް އެއްބަސް ވެފައިވާ ކަމަށް މެސީ ބުނެފައި ވެއެވެ.