ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

އަލުން ސީޒަން ފަށާއިރު ފިޓްވާނެ: ސުއަރޭޒް

ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ ސީޒަން އަލުން ފަށާއިރު އޭނާއަށް ކުޅެން ނުކުމެވޭނެ ކަމަށް ބާސެލޯނާގެ ފޯވަޑް ލުއިސް ސުއަރޭޒް ބުނެފި އެވެ.

ޖެނުއަރީން ފެށިގެން، ސުއަރޭޒް ހުރީ ކުޅުމާ ދުރުގަ އެވެ. އެއީ އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. ލަލީގާގެ ރައީސް ހާވިއޭ ޓެބަސް ޕްލޭން ކުރަމުން ދަނީ މެއި މަހު ސީޒަން އަލުން ފެށުމަށެވެ. ސުއަރޭޒް ބުނީ، މެއިގައި ސީޒަން އަލުން ފަށާނަމަ، އޭނާއަށް ކުޅެން ނުކުމެވޭނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"އަހަރެންވެސް ހީ ކުރީ މި ސީޒަންގައި އަހަންނަށް ނުކުޅެވޭނެ ކަމަށް، ނަމަވެސް އަހަރެންގެ ރިކަވަރީގެ ޓެސްޓްތަކަށް ބެލުމަށް ފަހު ޑޮކްޓަރުންވެސް ފާހަގަ ކުރި ބާރު ސްޕީޑެއްގައި ރަނގަޅު ވަމުން އަންނަ ކަމަށް،" ސުއަރޭޒް ވާހަކަ ދެއްކި އެވެ. "އެހެންވެ އަހަންނަށް އުންމީދު ކުރެވޭ މެއި މަހު ކުޅެން ނުކުމެވޭނެ ކަމަށް."

ސުއަރޭޒްއަށް އަނިޔާވެ ނުކުޅެވޭނެކަން ޔަގީންވީއިރު ޓްރާންސްފާގެ ދޮރު އޮތީ ބަންދު ވެފަ އެވެ. އޭނާގެ މަގާމު ފޫބެއްދުމަށް ޓްރާންސްފާ ޕީރިއަޑްގެ ބޭރުން ކުޅުންތެރިޔަކު ގެނައުމުގެ އިހްތިޔާރު ލިބުނީ ލަލީގާގެ ގަވާއިދުގެ ތެރެއިންނެވެ. ސުއަރޭޒްގެ މަގާމަށް އެ ޓީމުން ގެނައީ ލެގަނޭޒްއަށް ކުޅެމުން ދިޔަ މާޓިން ބްރައިތުވެއިޓްއެވެ.

ލަލީގާ، މެދުކަނޑާލީ ރެއާލް މެޑްރިޑްގެ ބާސްކެޓްބޯޅަ ޓީމުގެ ޓްރޭ ތޮމްކިންސް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، ރެއާލްގެ ފުޓްބޯޅަ ޓީމުވެސް ކަރަންޓީން ކުރަން އެނގުމުންނެވެ. ބާސްކެޓްބޯޅަ ޓީމާއި ފުޓްބޯޅަ ޓީމުވެސް އިންޑޯ ޓްރޭނިންއަށް ބޭނުން ކުރަނީ އެއް ތަނެކެވެ.