ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބާސެލޯނާ

ބާސާއިން ވެސް މުސާރަތައް ކުޑަ ކުރަނީ

ކުލބުގެ ކޮންޓްރެކްޓްގައި ތިބި ކުޅުންތެރިންނާއި އޮފިޝަލުން މެނޭޖުމެންޓާއެކު އެއްބަސް ނުވެވުނަސް، އެ ފަރާތްތަކުގެ މުސާރަތައް ކުޑަ ކުރަން އެފްސީ ބާސެލޯނާއިން ނިންމައިފި އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ކުލަބުގެ މަގާމު ފުރަތަމަ ފަހަރަށް މި އަހަރު ހޯދި، ބާސާއިން ވަނީ މިހާރުވެސް އެ ކުލަބުގެ ބާސްކެޓްބޯޅަ ޓީމުގެ މުސާރަތައް ކުޑަ ކޮށްފަ އެވެ. ބާސްކެޓްބޯޅަ ޓީމުގެ މުސާރައް ދަށް ކުރީ، ހުރިހާ ކުޅުންތެރިންގެ އާނ ބަސް ލިބިގެނެއް ނޫނެވެ.

މިހާރު އެ ކުލަބުން ވަނީ، ފުޓްބޯޅަ ޓީމުގެ މުސާރައް ދަށް ކުރަން ހުށަހަޅާފަ އެވެ. މުސާރަ ދައްކުރުމާ ބެހޭގޮތުން ބާސާގެ އެއްވެސް ކުޅުންތެރިޔަކު މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެ އެވެ. ނަމަވެސް ސްޕެއިންގެ މިޑީއާ ރިޕޯޓްތައް ބުނާ ގޮތުން މުސާރަތަ ދަށް ކުރަން ހުރިހާ ކުޅުންތެރިން އެއްބަހެއް ނުވެ އެވެ.

ސްޕެއިންގެ ކުޅިވަރު ނޫސް، މާކާ އިން ބުނެފައި ވަނީ، ކުޅުންތެރިންނާއި އޮފިޝަލުންނާ އެކު ވާހަކަތައް ކުރިއަށް ގެންދާ ކަމަށާއި އަދި ވަކި އެއްބަސް ވުމަކަށް ނާދެވުނު ނަމަވެސް މުސާރަތައް ދަށް ކުރުމަށް އެ ކުލަބުގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ، ކޮވިޑް-19 އާ ގުޅިގެން، ދުނިޔެއަށް ވަނީ އިގްތިސޯދީ ބަލި މަޑުކަމެއްވެސް ކުރިމަތި ވެފަ އެވެ. އެކަމުން އަރައި ގަތުމަށް ބައެއް ކުލަބުތަކުން ވަނީ ފިޔަވަޅު އަޅާފަ އެވެ. ބަޔާން މިޔުނިކްގެ ކުޅުންތެރިން ވަނީ، މުސާރަތަ ކުޑަ ކުރުމަށް އެއްބަސް ވެފަ އެވެ.

ބާސާއިން ވަނީ، އެކުލަބުގެ ހުރިހާ ސެކްޝަންތަކެއްގެ މުސާރަ ދަށް ކުރުމަށް ހުށަހަޅާފަ އެވެ. އިއްޔަ އެ ކުލަބުން ވަނީ ކުލަބުގެ ޕްރީމިއަމް އެކެޑެމީ ލަ މާސިއާގެ މުސާރަތައް ދަށް ކުރުމަށްވެސް ނިންމާފަ އެވެ.