ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވްވި ކަމަށް ބުނާ ދިވެހި މީހާގެ މައުލޫމާތެއް ސާފެއްނުވޭ

ޔޫއޭއީގައި ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް ރިޕޯޓްކޮށްފަ އިވާތީ އެ މީހާއާ ބެހޭ މައުލޫމާތު ހޯދުމަށް ރަސްމީކޮށް އެދިފައިވީ ނަމަވެސް މިހާތަނަށް އެކަމާ ގުޅޭ މައުލޫމާތެއް ލިބިފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް ރިޕޯޓްކޮށްފައިވަނީ ހަލީޖް ޓައިމްސް އަދި ގަލްފް ނިއުސްގަ އެވެ.

އެ ނޫސްތަކުގައި ބުނެފައިވަނީ ޔޫއޭއޭއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 50 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ލަންކާ، ޔޫކޭ، ސައުދީ އަރަބިއްޔާ، ޔަމަން، ޓިއުނީޝިއާ، ސައުތު އެފްރިކާ، ބެލްޖިއަމް، ސައުތު އެފްރިކާ، ބަލްގޭރިއާ، ފުރާސް، ޗެކްރިޕަބްލިކް، އޮސްޓްރޭލިއާ، ލުބުނާން، ކެންޔާ، ދިވެހިރާއްޖެ، ސޫދާން، އިރާން، އަޔަލެންޑް، މޮރޮކޯ، ޕާކިސްތާން އަދި ސްވިޑިން މީހަކެއް ކަމަށެވެ.

މީގެ އިތުރުން އިޓަލީ، އިޖިޕްޓް، ޔޫއޭއީ، ސްޕެއިން، ނެދާލެންޑް، ޖޯޑަން އަދި ފިލިޕީސްގެ ދެ މީހެއްވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި ޔޫއެސް، ބަންގްލަދޭޝް، ފަލަސްތީނުގެ ތިން މީހަކާ، އިންޑިއާގެ ހަ މީހެއްވެސް ހިމެނޭ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ މައުލޫމާތު ލިބުމާއެކު އެމީހާއާ ބެހޭ މައުލޫމާތު ހިއްސާކޮށް ދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިހާތަނަށް ޔޫއޭއީގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 248 އަރާފައެވެ.


ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.