ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޗައިނާ

ޗައިނާ ފަތުރުވެރިންނަށް މަރުހަބާ ކިޔަން ސަރުކާރުން ތައްޔާރުވަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޗައިނާގެ ފަތުރުވެރިންތަކެއް. ޗައިނާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ވީހާވެސް އަވަހަށް ފެށޭނެ ކަމަށް އުއްމީދުކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނޭ -- ފޮޓޯ: އަވަސް
0%
0%
0%

ޗައިނާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުފަތުރުތައް ވީހާވެސް އަވަހަށް އަލުން ފެށޭނެ ކަމަށް އުންމީދުގައި ތިބި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19އާ ގުޅިގެން ޗައިނާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ކުރިއަށް އޮތް ޖެނުއަރީ އަށްވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލުމަށް ޗައިނާ ސަރުކާރުން ނިންމި ނިންމުމަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގައި ޗައިނާ އަކީ މުހިއްމު ގައުމެއްކަން ފާހަގަކޮށް ފޮރިން މިނިސްޓްރީން ބުނީ ޗައިނާ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށެވެ.

ޗައިނާ ބޯޑަރު އަލުން ހުޅުވާލާއިރު ވޯކް ވިސާ އާއި ސްޓޫޑެންޓް ވިސާ އަދި އާއިލާއަށް ޒިޔާރަތްކުރާ މީހުން ކަރަންޓީންވާކަށް ނުޖެހޭނެ އެވެ. ނަމަވެސް ޗައިނާއަށް ފުރުމުގެ 48 ގަޑިއިރު ކުރިން ކޮވިޑް ނެގެޓިވް ނަތީޖާ ބޭނުންވާނެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެގައުމުން އެ އަހަރު 284،029 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

ޗައިނާގައި އަދިވެސް ކޮވިޑް ކޮންޓްރޯލް ނުކުރެވޭއިރު ބައެއް ސަރަހައްދުތައް އަދިވެސް އޮތީ ލޮކްޑައުންކޮށްފަ އެވެ.

ޗައިނާގެ ބޯޑަރު އަލުން ހުޅުވާލާއިރު ކޮވިޑްގެ އާ ވޭރިއަންޓްތައް ފެތުރިދާނެ ކަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިންޒާރު ދީފަ އެވެ.

އޭޝިއާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ޗައިނާ ފަތުރުވެރިންނަށް މަރުހަބާ ކިޔަން ތައްޔާރުވާން ފަށާފައިވާއިރު ޔޫރަޕްގެ ގައުމުތަކުން ވަނީ ޗައިނާއިން އެ ގައުމުތަކަށް އަންނަ ފަތުރުވެރިން ސްކްރީން ކުރުމަށް ނިންމާފަ އެވެ.

ޗައިނާގެ ފަތުރުވެރިން އެތެރެވަމުންދާ ނިސްބަތުން ޓެސްޓްކުރުމުގެ ގަވާއިދު ބަދަލުކޮށް އަދި ކޮވިޑް ކޭހެއް ފެނިއްޖެނަމަ އަމަލުކުރާނެ ގޮތްތައް ވެސް މިހާރު ވަނީ ބައެއް ގައުމުތަކުގައި އެކުލަވާލާފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހާމިދު ޝާހިދު

އެގައުމުގައި ގިއްކިޔާފައި ކޯވިޑް ފެތުރިފެތުރި އޮއްވާ ކީއްކުރަން ކުރާކަމެއް ތިއީ. 2023 އަށް ހަމަ ލާރިކޮޅެއް އިތުރު ކޮށްލާ އިންތިހާބު ކާމިޔާބު ކުރުަމަށް ޖަހާ ރޮޓެޓް ތިއީ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910