ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖެ ބަންދުވިޔަސް ސަރުކާރު އޮތީ ތައްޔާރަށް: ރައީސް

ދިވެހިރާއްޖެ އޮތީ ބޮޑު ލޮކްޑައުންއެއްގައި ކަމަށާ ނަމަވެސް ސަރުކާރު އޮތީ ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރަށް ކަމަށް ރައީސުލްޖުމްހޫރިއްާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލްކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މުޅި ދުނިޔެ ކަންބޮޑުކޮށްލި ކޮވިޑް19 ފެތުރެންފެށި ފަހުން ނޫސްވެރިންނާ ރައީސް ބައްދަލް ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.

ރާއްޖެ މުޅިން ލޮކްޑައުން ކުރަން ގަސްތު ކުރައްވަންތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރާއްޖެ މިހާރުވެސް އޮތީ ބޮޑު ލޮކްޑައުންއެއްގައި ކަމަށެވެ. އަންނަ ހުކުރު ދުވަހުން ފެށިގެން ރާއްޖެއަށް އެއްވެސް ބޭރުގެ މީހަކަށް ނާދެވޭނެ ކަމަށާ ރާއްޖޭގެ ރިސޯޓްތައް ވަނީ ހުއްޓުމަކަށް އައިސްފައި ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ވިޔަފާރިތައް ހުއްޓި، އާންމު ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ރާއްޖެ ބަންދުވީނަމަވެސް ސަރުކާރު އޮތީ ތައްޔާރީ ހާލަތުގައި ކަމަށެވެ.

އަދި ދިވެހި ރައްޔިތުންނަށް އަސާސީ އެއްވެސް ކަމަކަށް ދަތިވިޔަ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކަރަންޓާ، ފެން އަދި ކާބޯތަކެއްޗާ ޒަރޫރީ ދަތުރުފަތުރުގެ ނިޒާމަށް އެއްވެސް ހުރަހެއް އެޅުނަ ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަންކަން ރައްޔިތުންނަށް ކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.