ވިޔަފާރި

ޗިރަތިވަތް ޓޫރިޒަމް ދާއިރާގެ އެންމެ ނުފޫޒުގަދަ މީހާ

ޓޫރިޒަމް ވިޔަފާރީގައި ހަރަކާތްތެރިވާ އެންމެ ނުފޫޒު ގަދަ މީހުންނަށް ދޭ އެވޯޑު ރާއްޖޭގައި ދެ ރިސޯޓް ހިންގަމުން ގެންދާ ސެންޓާރާ ގްރޫޕުގެ ސީއީއޯ ތިރަޔުތް ޗިރަތިވަތްއަށް ލިބިއްޖެ އެވެ.

ޓްރެވަލް އޭޝިއާ އިންޓަނޭޝަނަލް މެގަޒިން އިން ހޮވާ "އޭޝިއާ ޓޮޕް އިންފުލުއެންސް ޕީޕަޕް އިން ޓްރެވަލް ބިޒްނަސް" އެވޯޑު ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ތައިލެންޑުގެ ބެންކޮކްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގަ އެވެ.

ރާއްޖޭގެ ކ. ރަސްފުއްޓާއި އއ. މައްޗަފުށީގައި ދެ ރިސޯޓް ތަރައްގީކޮށް ހިންގަމުން ގެންދާ ތައިލެންޑުގެ ސެންޓާރާ ގްރޫޕުން ބުނީ އެ ކުންފުނީގެ ސީއީއޯއަށް މިފަދަ ޝަރަފުވެރި އެވޯޑެއް ލިބިގެން ދިއުމަކީ މުޅި ކުންފުންނަށް ލިބިގެން ދިޔަ ޝަރަފެއް ކަމަށެވެ. އަދި ސެންޓާރާގެ ސީއީއޯގެ ގޮތުގައި ހުންނަވައިގެން ޗިރަތިވަތް ގިނަ ހިދުމަތްތަކެއް ކޮށްދެމުން ގެންދަވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފުޑް އެންޑް ހޮޓެލް މެނޭޖުމަންޓުންގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވައިގެން ހުންނެވި ޗިރަތިވަތް (ފޮޓޯގައި މާބޮޑި ހިފައިގެން) އަކީ ޓޫރިޒަމް ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވަމުންދާ ބޭފުޅެކެވެ. ޓޫރިޒަމް ދާއިރާގެ ހިދުމަތުގައި ދެމި ހުންނަވާތާ 25 އަހަރު ވެފައިވާ ޗިރަތިވަތް އެންމެ ފުރަތަމަ މި ދާއިރާގައި މަސައްކަތް ކުރެއްވީ 1990 ވަނަ އަހަރު އަހަރު ބެންކޮކް ސެންޓްރަލް ހޮޓަލުގެ ބަދިގޭގަ އެވެ. އެފްއެންބީ ކޯޑިނޭޓަރެއްގެ ވަޒީފާ އެވެ. އޭގެ ފަހުން އެފްއެންބީ މެނޭޖަރަކަށް ބަދަލުވެ، އޭނާގެ ޓޫރިޒަމް ކެރިއާ މެކުހަށް ޖެެއްސެވި އެވެ. މީގެ އިތުރުން ސެންޓާރާ ގްރޫޕުގެ ހިންގުން ހަރުދަނާ ކުރެއްވި އެވެ.