ވިޔަފާރި

ސަނީ މޯލްޑިވްސްގެ ޓްރެވަލް އެޖެންސީ ހިންގުމުގެ ހުއްދަ ހިފަހައްޓައިފި

Sep 10, 2015
1

ޓްރެވަލް އެޖެންސީ ހިންގުމުގެ ގަވާއިދާ ހިލާފުވުމުގެ ސަބަބުން ރާއްޖޭގެ ޓްރެވަލް ކުންފުންޏެއް ކަމަށްވާ "ސަނީ މޯލްޑިވްސް" އަށް ޓޫރިޒަމް މިނިސްޓްރީން ދޫކޮށްއިވާ ހުއްދަ ހިފަހައްޓައިފި އެވެ.

ނަމަވެސް، ސަނީ މޯލްޑިވްސްއިން ޓްރެވަލް އެޖެންސީ ހިންގުމުގެ ގަވާއިދާ ހިލާފަށް ކޮށްފައިވަނީ ކޮން ކަމެއް ކަމެއް ޓޫރިޒަމް މިނިސްޓްރީން ބުނެފަ އެއް ނުވެ އެވެ.

"ސަނީ މޯލްޑިވްސްއަށް ދީފައިވާ ލައިސަންސް ހިފެހެއްޓުމާ ގުޅިގެން އެ ޓްރެވަލް އެޖެންސީއާއެކު ދަތުރުރާވާ ހިންގުމުގެ ހިދުމަތާ ގުޅޭ އެއްވެސް މުއާމަލާތެއް މި މުއްދަތު ތެރޭގައި ނުކުރެއްވުން އެދެމެވެ،" ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ.

ރާއްޖޭގެ ޓްރެވަލް އެޖެންސީ ހިންގުމުގެ ގަވާއިދާ ހިލާފުވުމުގެ ސަބަބުން މީގެ ކުރިންވެސް ބައެއް ކުންފުނިތަކާ މެދު ފިޔަވަޅު އަޅާފައިވެ އެވެ. އެގޮތުން ބައެއް ކުންފުނިތަކުގެ ހުއްދަ ބާތިލް ކުރުމާއި ޖޫރިމަނާ ކުރުންވެސް ހިމެނެ އެވެ.