ހަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ދުވަސްވީ މީހަކު ހައްޔަރުކޮށްފި

Mar 26, 2020
ޖިންސީ ގޯނާއާ ދެކޮޅު ފޮޓޯއެއް -- ފޮޓޯ: އަވަސް ފައިލް
0%
0%
0%

މެދު ދެކުނު ސަރަހައްދުގެ އަތޮޅެއްގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ދުވަސްވީ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ސައުތު ސެންޓްރަލް ޑިވިޒަންގައި ހިމެނޭ ރަށެއްގައި 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ 61 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. ދާދި ފަހަކުން ވަނީ ވަރަށް ޅަ އުމުރުގެ ތުއްތު ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަތަކެއް ވެސް ފެންމަތިވެފަ އެވެ. އޭގެ ތެރޭގައި އުމުރުން ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910