ދެ ރިސޯޓެއް ލޮކްޑައުންކޮށް ތިން ދިވެއްސެއް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކޮވިޑް-19އާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ކޮލްޑައުން ކޮށްފައިވަނީ ރެސިޑެންޓް މޯލްޑިވްސް، ދިގުރަށް އަދި ފިލިތެޔޮ އައިލެންޑް ރިސޯޓް ކަމަށެވެ.
ދިގުރަށް ރިސޯޓުން ދެ ދިވެެއްސެއްގެ ކިބައިން އަލާމާތްތައް ފެނިފައިވާތީ މިހާރު ޓެސްޓް ކުރަމުންދާ ކަމަށާ އެ ދެ މީހުންގެ ނަތީޖާ ލިބެންދެން ރިސޯޓް ލޮކްޑައުން ކޮށްފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ. މީގެ އިތުރުން ފިލިތެޔޮ ރިސޯޓުން ބިދޭސީއަކާ ދިވެއްސެއްގެ ގައިން ކޮވިޑަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ފެނިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
އެހެން ކަމުން އެ ދެ މީހުން ޓެސްޓް ކުރަމުންދާ ކަމަށާ ނަތީޖާ ލިބެންދެން ރިސޯޓް ލޮކްޑައުން ކޮށްފައިވާ ވިދާޅުވިއެވެ.
މަބުކޫރު ވިދާޅުވީ އެ ހަތަރު މީހުންނާ ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 16 އަށް އަރާފައެވެ. އޭގެ ތެރޭގައި 38 އަހަރުގެ ދިވެއްސެއްވެސް ހިމެނެއެވެ. އެމީހާއަކީ މިމަހުގެ 22 ވަނަ ދުވަހު އިނގިރޭސިވިލާތުން ރާއްޖެ އައި މީހެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވެފައިވަނީ އައިސޮލޭޝަންގައި ބަހައްޓާފައިވަނިކޮށެވެ.
ދެން ހިމެނެނީ މުޅިންވެސް ބިދޭސީންނެވެ. އޭގެ ތެރެއިން އިޓަލީ ދެ މީހެއްގެ ނަތީޖާ ލިބިފައިވަނީ ރާއްޖެއިން ފުރައިގެން އެމީހުން އިޓަލީއަށް ދަތުރުކުރަމުން ދަނިކޮށެވެ. މިވަގުތު ކޮވިޑަށް ރާއްޖެއިން ފަރުވާ ދެމުންދަނީ ފަސް މީހަކަށެވެ. ނުވަ މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.