ވިޔަފާރި

ތިލަފުށީ ބޯޓު އެހެލާ ސަރަހައްދު ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަނީ

Sep 10, 2015
1

ތިލަފުށީ ބޯޓު އެހެލާ ސަރަހައްދު ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން، ތިލަފުށީ ކޯޕަރޭޝަނުން އަނެއްކާ ވެސް ހުޅުވާލައިފި އެވެ.

މީގެ އިތުރުން ޓީޖެޓީ ޝީޓްޕައިލް ކުރެވިފައިވާ ސަރަހައްދުގެ ކެޕިން ނުލެވި ހުރި ތަންތަނުގައި ކެޕިން ލުމުގެ މަސައްކަތް ވެސް ކޮށްދޭން ވާނެ ކަމަށް ތިލަފުށި ކޯޕަރޭޝަނުން ބުނެ އެވެ

އެ ކުންފުނިން ބުނީ މި މަސައްކަތުގެ ބީލަން ފޮތް 500ރ. އަށް ވިއްކަމުންދާ ކަމަށާއި، މި މަސައްކަތައް ބިޑް ސެކިއުރިޓީގެ ގޮތުގައި 5،00ރ. ބަހައްޓަން ވާނެ ކަމަށެވެ. އަދި ޕާފޯމެންސް ސެކިއުރިޓީގެ ގޮތުގައި 2.5 ޕަސެންޓް ދައްކަން ވާނެ ކަމަށެވެ. އަދި ބިޑް ކާމިޔާބުކުރާ ފަރާތަކަށް އެޑްވާންސް ފައިސާގެ ގޮތުގައި މަސައްކަތުގެ އަގުގެ 15 ޕަސެންޓް ހަމަޖައްސައިދެވޭނެ ކަމަށް ތިލަފުށީ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.

މި މަސައްކަތައް ބިޑް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ ފަސްވަނަ ދުވަހެވެ.