ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ނޭމާ

ސޯޝަލް ޑިސްޓެންސް މުގުރައެއް ނުލަން: ނޭމާ

ޕީއެސްޖީ ފޯވަޑް، ނޭމާ އައިސޮލޭޝަން ހާލަތުގައި ބަޔަކާއެކު ވޮލީ ކުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް އިންސްޓަގްރާމްގައި ޝެއާ ކުރުމުން ހޫނު ފެނަށް ވެއްޓިއްޖެ އެވެ.

އެ ފޮޓޯތަކާ ގުޅިގެން އުފެދުނު ކަންބޮޑުވުންތާ ބޭހޭ ގޮތުން ނޭމާގެ ތަރުޖަމާން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޝޯޝަލް ޑިސްޓެންސްގެ މަރުހަލާ މުގުރާލާފައި ނުވާނެ ކަމަށެވެ. ފޮޓޯތަކުން ފެންނަނީ އަވީގައި ތިބެގެން ނޭމާ އާއި އޭނާގެ ރަށްޓެހިން ވޮލީ ކުޅޭ މަންޒަރެވެ.

ޕެރިސްއިން ނޭމާ ފުރައިގެން ބްރެޒިލަށް ދިޔަ މައްސަލަ ވެސް އޮތީ ކުރިން ފާހަގަ ވެފަ އެވެ. އެކަންކަމާ ބެހޭގޮތުން އޭނާގެ ތަރުޖަމާން ބުނެފައި ވަނީ ފޮޓޯތަކުގައި ފެންނަނީ ނޭމާ އާއެކު ޕްރައިވެޓް ޖެޓެއްގައި ޕެރިހުން ބްރެޒިލަށް ދިޔަ ބައެއް ކަމަށެވެ. އަދި އެ ހުރިހާ ފާރްތަކުން ވެސް ހޭދަ ކުރަމުން ދަނީ ކަރަންޓީންގެ މުއްދަތެއް ކަމަށެވެ.