ވިޔަފާރި

އިންޑިޔާގައި ރާއްޖެ އިޝްތިހާރު ކުރަން އެ ގައުމުގެ މީޑިއާތައް ރާއްޖެއަށް

Sep 11, 2015

އިންޑިޔާގައި ރާއްޖެ އިޝްތިހާރު ކުރަން އެ ގައުމުގެ މަޝްހޫރު މީޑިޔާތައް އެމްއެމްޕީއާރުސީން ރާއްޖެ ގެނެސްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން(އެމްއެމްޕީއާރުސީ) އާއި އިންޑިޔާގެ ތިންކްސްޓޯބެރީ ކުންފުނި ގުޅިގެން ރާއްޖެ އައި ނޫސްވެރިންގެ ޓީމުގައި އިންޑިޔާގެ މަގުބޫލު މީޑިޔާތައް ހިމެނެ އެވެ.

އެމްއެމްޕީއާރުސީން ބުނީ ނޫސްވެރިންގެ ރާއްޖެއަށް ކުރާ ދަތުރުގައި ރާއްޖޭގެ މަޝްހޫރު ތަންތަންތަން ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މި ނޫސްވެރިންނަށް ޕެރަޑައިސް އައިލެންޑް ރިސޯޓާއި އަދާރަން ހުދުރަންފުށި އަދި ކްލަބް ރަންނާޅި ރިސޯޓް ދައްކާލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. 

އެމްއެމްޕީއާރުސީން ބުނީ މީޑިޔާގެ ފަރާތްކުން ރާއްޖެ އަށް ކުރާ ފޭމް ޓްރިޕްގައި ސްނޯކްލްކުރުމާއި ޑީޖޭ އަދި ނައިޓް ފިޝިން ފަދަ ހަރަކާތްތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތުވެސް ދޭނެ ކަމަށެވެ. އަދި މީގެ އިތުރުން އެމްއެމްޕީއާރުސީން ރަސްމީކޮށް، މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އިންޑިޔާއަކީ ރާއްޖެއަށް އެންމެ އުންމީދީ އެއް މާކެޓެވެ.