ފައިސާގެ އޮންލައިން މުއާމަލާތް ކުރާ ނެޓްވޯކްތަކުގެ އިސްތިހާރުތަކުގައި، ފްރާންސްގެ ފޯވަޑް ކިލިޔަން އެމްބާޕޭގެ ނަމާއި ފޮޓޯ ގަވާއިދާ ހިލާފަށް ބޭނުން ކުރާތީ އެ މައްސަލަ އޭނާގެ ފަރާތުން ފުލުހަށް ހުށަހަޅައިފި އެވެ.
އޮންލައިން ފައިސާގެ މުއާމަލާތުގެ ވިޔާފަރި ކުރާ ބިޓްކޮއިން އާއި ބައެއް އެހެން ޕްލެޓްފޯމްތަކުގެ އިސްތިހާރުތަކުގައި ވަނީ އެމްބާޕޭގެ ނަމާއި ފޮޓޯ ބޭނުން ކޮށްފަ އެވެ. އޭނާގެ ފޮޓޯ ބޭނުން ކޮށްފައިވާ އިސްތިހާރެއް ހިމެނޭ ޕޯސްޓްގައި ހިމަނާފައިވާ އިބާރާތް ކޮޅެއްގައި ވެއެވެ.
"ދެތިން ހަތަރު މަސް ތެރޭ ކޮންމެ މީހަކަށްވެސް މިލިއަނަރަކަށް ވެވިދާނެ." އެމްބާޕޭގެ ފޮޓޯ ބޭނުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވެއެވެ.
ފްރާންސްގެ "ލެކީޕު" ނޫހުން ބުނެފައި ވަނީ، އެމްބާޕޭ ހުށަހެޅީ އޭނާގެ ނަމާއި ފޮޓޯ ހުއްދަ ނެތި ބޭނުން ކުރާ މައްސަލަ ތަހްގީގުކޮށް ދިނުމަށް ކަމަށެވެ.
ފައިނޭންސް ރިސާޗް އެނަލިސްޓުން ބުނެފައި ވަނީ، ސެލްބްރިޓީންގެ ފޮޓޯ އާއި ނަން ބޭނުން ކުރަނީ، އެފަދަ އޮންލައިން ޕްލެޓްފޯމްތަކާ މެދު އާންމުންގެ އިތުބާރު ގެއްލިފައި ވާތީ ހައިޕްރޮފައިލް ސެލެބްރިޓީންގެ ފޮޓޯ ދައްކައިގެން އާންމުންގެ އިތުބާރު ހޯދުމަށެވެ. ފައިނޭންޝަލް އޮންލައިން ބައެއް ޕްލެޓްފޯމްތަކުގައި މަކަރު ހެދުމާ އޮޅުވާލުން ހިމެނޭތީ ގިނަ އަދަދެެއްގެ ބަޔަކު އެއަށް އިތުބާރެއް ނުކުރެ އެވެ.
ފައިނޭންޝަލް މާކެޓްގެ އެތޯރިޓީން ބުނެފައި 2018 ވަނަ އަހަރު ފައިނޭންޝިއަލް އޮންލައިން ތަކުގައި މައްސަލައިގެ ގޮތުގައި 1100 މައްސަލަ ހުށަހަލާފައިވާ ކަމަށެވެ. އަދި އޮޅުވާލައިގެން މިދިޔަ އަހަރު 30 މިލިއަން ޔޫރޯގެ މުއާމަލާތް އޮންލައިން ކޮށް ހިންގާފައިވާ ކަމަށް ފައިނޭންޝަލް އެތޯރިޓީން ބުނެފައި ވެއެވެ.