ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މެލޭ އަންހެނުން ޝަކުވާ ނުކޮށް ތިބެން އެދުމަށްފަހު މައާފަށް އެދިއްޖެ

Apr 1, 2020
3

ކުއަލަ ލަމްޕޫރު (އޭޕްރީލް 1) - ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންކޮށްފައިވާ މެލޭޝިއާގައި، އަންހެނުން ގޭގައި ތިބޭއިރު، ފިރިންނަށް އުނދަގޫވާގޮތަށް ޝަކުވާނުކޮށް ތިބުމަށް އިލްތިމާސްކުރުމުން، ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފެށުމާއެކު، ސަރުކާރުން މައާފަށް އެދިއްޖެ އެވެ.

ގޭގައި ތިބޭއިރު، އަނބިން އަމަލުކުރަންޖެހޭ ގޮތްތައްކަމަށް ބުނެ، މެލޭގެ އަންހެނުންނާގުޅޭ މިނިސްޓްރީން ވަނީ ފޭސްބުކް މެދުވެރިކޮށް ގިނަ ޕޯސްޓުތަކެއް އާއްމުކޮށްފަ އެވެ.

އެ ޕޯސްޓަރުތަކުގެ ތެރޭގައި، ގޭ ތެރޭގެ ކަންކަމުގައި ފިރިންގެ އެހީތެރިކަން ހޯދަން، ޝަކުވާކުރުމުގެ ބަދަލުގައި މަޑުމައިތިރިކަން އިސްކުރުން ފަދަ ކަންކަމަށް އަނބިންގެ ކިބައިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި ގޭގައި ތިބި ނަމަވެސް، މޭކްއަޕްކޮށް ރީތިކޮށް ހެދުން އެޅުމަށްވެސް އެއް ޕޯސްޓަރެއްގައި އަންހެނުން ކިބައިން އެދިފައިވެ އެވެ.

އެކަމާ ގުޅިގެން އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތައް އިސްވެވަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ.

ފާޑުކިޔުންތައް ބޮޑުވެ، އެ ޕޯސްޓަރުތައް މިހާރު ނަގާފައިވާއިރު، އެކަމުގެ ސަބަބުން އެއްވެސް މީހަކަށް ކުޑައިމިސް ބަހެއް ބުނެވިފައިވާނަމަ އެކަމަށް މިނިސްޓްރީން ވަނީ މައާފަށް އެދިފަ އެވެ.

ލޮކްޑައުންއާއެކު، ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު ދެ ގުނައަށް އިތުރުވެ، މިހާތަނަށް 2،000 އަށް ވުރެ ގިނަ ކޭހެއް ރިޕޯޓުކޮށްފައިވާކަމަށް މެލޭގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ.