ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ސަޕޯޓަރުން ނުވައްދާ ބުންޑެސްލީގާ ފަށަނީ

ސަޕޯޓަރުން ނުވައްދާ މެޗުތައް ކުޅެން ޕްލޭންކޮށް އަންނަ މަހު ޖަރުމަންގެ ބުންޑެސް ލީގާ އަލުން ފަށަން ވާހަކަ ދައްކައިފި އެވެ.

ބުންޑެސްލީގާ އާއި ޖަރުމަންގެ ފުޓްބޯޅަ ފެޑްރޭޝަނުން ވާހަކަ ދައްކަމުން ދަނީ އަންނަ މަހު ތިން ވަނަ ދުވަހު ނުވަތަ ނުވަ ވަނަ ދުވަހު އަލުން ޓޮޕް ދެ ލީގް ފެށުމަށެވެ. އެއީ ބުންޑެސް ލީގާ އާއި ދެ ވަނަ ޑިވިޝަނެވެ.

ޓޮޕް ދެ ޑިވިޝަންގެ 36 ކުލަބުގެ ބައްދަލުވުން ނިންމާފައި ވަނީ، ކޮވިޑް-19 އިގެ ބަލިމަޑުކަން ސްޕެއިން އާ އެއްވަރަށް ސީރިއަސް ނުވާނަމަ، އަންނަ މަހު ލީގް އަލުން ފެށުމަށެވެ. ކުލަބުތަކުން އިސްކަން ދެނީ، ސީޒަން ޖޫން އަށް ނިންމާލައި އަންނަ ސީޒަނަށް ތައްޔާރު ވުމަށެވެ.

ލީގް އަލުން ފަށާ ފަހުން، މެދުކެނޑުމެއް ނެތި މުޅި މަހުގައި މެދުކެނޑުމެއް ނެތި މެޗު ކުޅުމަށެވެ. އެއީ ހަފުތާ ބަންދުގެ އިތުރުން އެހެން ދުވަސްތަކުގައި ވެސް މެޗުތައް ކުޅޭ ގޮތަށެވެ.

ކުލަބުތަކުން ވަނީ، އޭޕްރީލް 17 ވަނަ ދުވަހު އަލުން ބައްދަލު ކުރުމަށް އެއްބަސް ވެފަ އެވެ. އެއީ އޭރު އޮންނާނެ ހަލަތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށެވެ.