އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތު ކުރަން ގެނެސް އަނބުރާ ނުގެން ގޮސް ހުރި ތަކެތި، ނައްތާލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސާވިސް ސެންޓަރަށް މަރާމާތު ކުރަން ގެންގޮސްފައި ހުރި ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ޕްރޮޖެކްޓަކާއި ހޯމް ތިއޭޓަރު ސިސްޓަމް އަދި ޓީވީ އާއި ވެކިއުމް ކްލީނަރު އަދި ހީޓަރު ފަދަ ތަކެތި ހިމެނެ އެވެ.