ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

މުސާރަ ދަށްކުރުމާ ދެކޮޅަށް ރޫނީގެ ހަމަލާ ސަރުކާރަށް

ކުޅުންތެރިންގެ މުސާރަތައް ދަށް ކުރުމާ ބެހޭގޮތުން އިނގިރޭސި ސަރުކާރުންނާއި، ޕްރިމިއާ ލީގުގެ ބޮޑީން ވާހަކަ ދައްކާތީ، އިނގިރޭސި ކުރީގެ ކެޕްޓަން ވޭން ރުނީ އެކަމާ ދެކޮޅަށް ސަރުކާރަށް ވަރުގަދަ ހަމަލާއެއް ދީފި އެވެ.

ޕްރިމިއާ ލީގުން ވަނީ، ކުލުންތެރިންގެ މުސާރައިގެ 30 ޕަސަންޓް ދަށް ކުރުމަށް ހުށަހަޅާފަ އެވެ. ޕްރިމިއާ ލީގް ބޮޑިން ވަނީ އެކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޕްރޮފިޝަނަލް ފުޓްބޯލާސް އެސޯސިއޭޝަނާއި ލީގް މެނޭޖާސް އެސޯސިއޭޝަން އާއެކު ކޮންފަރެންސް ކޯލް ސެޝަނެއް މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންގޮސްފަ އެވެ.

ނަމަވެސް، ކުޅުންތެރިންގެ މުސާރަ އާ މެދު ވަކިގޮތެއް ނިންމަން ޕްލޭޔާސް ޔޫނިއަން އިން ވަނީ ދެކޮޅު ހަދާފަ އެވެ. އިނގިރޭސި ސަރުކާރުންވެސް ވަނީ، ކުޅުންތެރިންގެ މުސާރަ ދަށް ކުރުމަށް ތާއީދު ކޮށްފަ އެވެ.

އެކަމާ ދެކޮޅަށް ދިން ރައްދުގައި ވާހަކަ ދައްކަމުން ޑާބީ ކައުންޓީގެ ފޯވަޑް ރޫނީ، ބުނީ މިކަހަލަ ވަގުތެއްގައި ގުރުބާން ކުރާނެ ކަންބަޅިއެއްގެ ގޮތުގައި ސަރުކާރަށް ފެނުނީ ކުޅުންތެރިން ކަމަށާއި އެކަމާ ލަުދުވެތި ވާ ކަމަށެވެ.

އިނގިރޭސި ހެލްތު މިނިސްޓަރު މަޓް ހަންކޮކް ވަނީ ސީދާ ޕްރިމިއާ ލީގްގެ ކުޅުންތެރިންނަށް އަމާޒުކޮށް، އެ ކުޅުންތެރިންގެ މުސާރަ ދަށް ކުރުމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. ރޫނީ ބުނީ، މުސާރަ ދަށް ކޮށްގެން އުޅޭވޭ ވަރުގެ މުސާރައެއް ލީގްތަކުގައި ކުޅޭ ހުރިހާ ކުޅުންތެރިންނަށް ނުލިބޭ ކަމަށެވެ.

"ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ނަރުހުންނަށް ފައިސާގެ އެހީތެރި ކަމެއް ދޭން ނުވަތަ ވެންޓިލޭޓަރު ގަންނަން ސަރުކާރުން އަހަންނަށް ހުށަހެޅިނަމަ އުފަލުން އެކަން އަހަރެން ކުރާނަމެވެ. އެންމެ ކުޑަމިނުން އަހަރެންގެ ފައިސާ ހަރަދު ވާނެ ގޮތް އެނގޭނަމަ އަހަރެން އެކަމަށް ހޭދަ ކުރާނަމެވެ.،" ސަންޑޭ ޓައިމްސްއަށް ރޫނީ ލިޔުނު ކޮލަމްގައި ބުނެފައި ވެއެވެ.

"އަހަރެން މިހުރި މަގާމުގެ ގޮތުން އެވަރުގެ ކަމެއް ކޮށްދިނުމުގެ ތަނަވަސްކަން އަހަރެންގެ ކިބައިގައި އެބަ ހުރިމެ އެވެ. އެހެންނަމަވެސް ލީގްތަކުގެ ހުރިހާ ކުޅުންތެރިންނަކީ އެވަރުގެ ހޭދައެއް ކުރެވޭ ވަރަށް މުސާރައެއް ލިބޭ ބައެއް ނޫންނެވެ."


"މުޅި އިނގިރޭސި ވިލާތް ކުރިމަތިލާފައިވާ ސިއްހީ ކާރިޘާގެ މި ވަގުތުގައި، އޭނާ (މަޓް ހަންކޮކް) އަދާ ކުރަން ޖެހޭ ދައުރަކީ ރައްޔިތުންނަށް މިކަމުގެ އަޕްޑޭޓްތައް ބަރާބަރަށް ފޯރު ދިނުމެވެ. އެހެންނަމަވެސް އޭނާ މަސައްކަތް ކުރަނީ މިދަނޑިވަޅުގައިވެސް އޭނާގެ ރަސްމީ މަސައްކަތް ދޫކޯށްފައި، ފުޓްބޯޅަ ކުޅުންތެރިންގެ މުސާރައިގެ 30 ޕަސަންޓް ދަށް ކުރުމަށެވެ." ރޫނީގެ ލިޔުމުގައި ބުނެފައި ވއެވެ.

ރޫނީ ވަނީ، ޕްރިމިއާ ލީގްގެ ބޮޑީއަށްވެސް ފާޑު ކިޔާފަ އެވެ. އޭނާ ބުނީ، ކުޅުންތެރިންނާ މަޝްވަރާ ނުކޮށް ފުތަމަވެސް އެކަން ޕަބްލިކަށް ގެންގޮސްގެން އެ ވާހަކަ ދެއްކުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ.