އެމްއެންޑީއެފް

މޫދަށް ފުންމާލި މީހަކު ގެއްލިގެން ހޯދަނީ

ޖޭޑަބްލިއު ރިސޯޓްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒިފެއްގެ ހަބަރެއް ނުވެގެން އޭނާ ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުންދަނީ 30 އަހަރު ފިރިހެނެކެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ސީސީޓީވީ ފްޓޭޖުން ފެންނަ ގޮތުގައި އެމީހާ ފޯން ކޯލެއްގައި ހުރެ ރިސޯޓްގެ ސަޕްލައި ޖެޓީން މޫދަށް ފުންމާލާ މަންޒަރު ފެންނަ ކަމަށެވެ. އެމީހާ ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިރޭ 22:13 ގައެވެ.

އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ޑައިވަރުން ހަރަކާތްތެރިވަމުންދާ ކަމަށް ވަނީ ބުނެފައެވެ.

އެއީ އިންޑިއާ މީހެއް ކަމަށާ އެމީހާއަކީ ރިސޯޓްގެ މުދިމެއްގެ ވަޒީފާގައި ހުރި މީހެއް ކަމަށް އެނގިފައިވެއެވެ.