ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ސަރުކާރު ބަންދަސް ދަރިވަރުންގެ ފައިސާ ދޫކުރާނެ

ސަރުކާރު ބަންދު ނަމަވެސް ދަރިވަރުންނަށް ފައިސާ ދޫކުރާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ މި ދުވަސްވަރު ސަރުކާރު ބަންދު ނަމަވެސް، މަތީ ތައުލީމާއި ތަމްރީނަށް ދޭ ސްޓޫޑަންޓް ލޯނާއި ސްކޮލަޝިޕާއި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ސްކީމްގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ފައިސާ ދޫކުރަން ކަނޑައަޅާފައިވާ މުއްދަތުގައި އެ ފައިސާ ދޫކުރާނެ ކަމަށެވެ.

މިދިޔަ ހަފުތާގައި އެކަނިވެސް ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގައި ބައިވެރިވެފައިވާ ދަރިވަރުންގެ ތެރެއިން 1148 ދަރިވަރަކަށް ދޫކުރަންޖެހޭ ފައިސާ ދޫކުރި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ސަރުކާރު ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު މިހާރު އޮންނަ ގޮތުން ކޮންމެ ދަރިވަރަކަށް ވެސް އެ ދަރިވަރެއްގެ އެކަޑަމިކް އަހަރަކަށް ދޫކުރާ ފައިސާ ދެނީ ދެ ބަޔަށް ބަހާލައިގެން އެ ދަރިވަރެއްގެ އެކަޑެމިކް އަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތީންނެވެ.

ޔުނިވާސިޓީ އަދި ކޮލެޖްތަކުން އެކި ކޯސްތައް އެކި ދުވަސްވަރު ފަށާތީ އެކި ދަރިވަރުންނަށް އެކަޑެމިކް އަހަރު ފެށި، އެ އަހަރު ނިމެނީ އެކި ދުވަސްވަރު އެވެ. އެހެންވެ ދަރިވަރެއްގެ އެކަޑެމިކް އަހަރު ކަމުގައި ބަލަނީ ކޯސް ފެށި ތާރީހުން ފެށިގެން 12 މަސްދުވަހެވެ.

މިހާރު އަމަލުކުރަމުން ދާ އުސޫލުގައިވާ ގޮތުން، ފައިސާ ދެމުންދާނީ ދަރިވަރަށެވެ. އެ ދަރިވަރަކު ތައުލީމު ހާސިލްކުރަމުންދާ ކޮލެޖް / ޔުނިވާސިޓީ އަކަށް، އެތަނަކުން އަންގާ ގޮތެއްގެ މަތީން ފައިސާ ދައްކަމުން ގެންދިޔުމަކީ ދަރިވަރުގެ ޒިންމާއެކެވެ.

ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދުނުމުގެ ސްކީމު މިދިޔަ އަހަރު ތައާރަފު ކުރި ފަހުން މިހާތަނަށް މި ޕްރޮގްރާމްގައި 6000 އަށްވުރެން ގިނަ ދަރިވަރުން ބައިވެރިވެފައި ވެއެވެ. އަދި 96.8 މިލިއަނަށްވުރެން ގިނަ ރުފިޔާ ދިވެހި ސަރުކާރުން ޚަހަރަދުކޮށްފައިވެއެވެ.