ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އޮންލައިންކޮށް ކިޔަވައިދޭނެ ސްޓޭންޑަޑެއް ހަަދަން ޖެހޭ: މިނިސްޓަރު

އޮންލައިންކޮށް ކިޔަވައި ދޭން ގައުމީ ސްޓޭންޑަޑެއް ކަނޑައެޅުމަކީ މިހާލަތުގައި ވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް ކުރަން ވަރަށް މުހިންމު ކަމެއް ކަމަށް ހަޔާ އެޑިއުކެޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅު ވެއްޖެ އެވެ.

އިބްރާހުމް ހަސަން ވިދާޅުވީ އޮންލައިންކޮށް ކިޔަވައިދިނުމުގައި ގައުމީ ސްޓޭންޑަޑެއް ގާއިމް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެފަދަ ސްޓޭންޑަަޑެއް އެކުލަވައިލުމުން މަތީ ތައުލީމު ފޯރުކޮށް ދޭ ޔުނިވާސިޓީ އާއު ކޮލެޖްތަކުން އޮންލައިންކޮށް ކިޔަވައިދޭ ކޯސްތަކުގެ ފެންވަރު ކަށަވަރު ކުރެވި މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންނަށް އޮންލައިންކޮށް ލިބިގެންދާ ތައުލީމަކީ ފެންވަރު ރަނގަޅު ވަކި ސްޓޭންޑާޑަކަށް ގިންތި ކުރެވޭ ކޯސްތަކެއް ކަމުގައި ވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 އިގެ ބަލިމަޑިކަމުގެ ތެރޭގައި ގޭގައިތިބެ ކިޔެވުމަށް ދަރިވަރުންނަށް ވެސް އަދި ޔުނިވަސިޓީތަކަށް ވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

"ދަރިވަރުންނަށް ދިމާވާ ދަތިތަކުގެ ތެރޭގައި ކިޔެވުމަށް އެކަށޭނަ މާހައުލެއް އެކުއްޖަކު ދިރިއުޅޭ ތަނެއްގައި ނެތުމާއި، ކިޔެވުމަށް ބޭނުންވާ ލެޕްޓޮޕް، ނުވަތަ ކޮމްޕިޔުޓަރު ފަދަ އާލާތް ނެތުން ވެސް ހިމެނޭ. އިންޓަނެޓްގެ ޒަރީއާއިން ކިޔަވަމުން ދާއިރު، މި ހިދުމަތުގެ އަގު ބޮޑުވުމާއި ބައެއް ފަހަރު އިންޓަނެޓް ސްޕީޑް ލަސްވުމުގެ ސަބަބުން ދަރިވަރުންނަށް އުނގެނުމުގައި ދިމާވާ ދަތިތައް ވެސް ފާހަގަކުރެވޭ. މީގެ އިތުރުން އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ކިޔެވުމަށް ދަރިވަރުން މި ވަނީ ދަސްކުރަން ޖެހިފައި." އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ޔުނިވަސިޓީ އާއި ކޮލެޖްތަކުގެ ލެކްޗަރާއިން އޮންލައިންކޮށް ކިޔަވައި ދިނުމަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެ އެވެ. އެގޮތުން އޮންލައިން ކޮށް ކިޔަވައިދޭ ޕްލެޓްފޯމްތަކަށް އަހުލުވެރި ކުރުމާއި ކޯސްތަކުގެ ކިޔަވައިދުނުމާއި ދަރިވަރުން އެސެސް ކުރުމުގެ ކަންތައްތައް ކުރުމަށް ވަނީ ބޮޑެތި ބަދަލުތަށް ގެންނަން ޖެހިފަ އެވެ. އަދި ބައެއް ކޯސްތަކުގައި އަމަލީ ގޮތުން ފުރިހަމަ ކުރަންޖެހޭ ތަމްރީނުތައް ދިނުމުން މިހާލަތުގައި ކުރިއަށް ގެންދެވެން ނެތުންވެސް އެއީ ވަރަށް ބޮޑު ގޮންޖެހުމެކެވެ.