ކުޅިވަރު

ރޮނާލްޑީނިއޯ ޖަލުން ގޭބަންދަށް ބަދަލު ކޮށްފި

ކަފާލާތުގެ ގޮތުގައި 1.6 މިލިއަން ޑޮލަރު ދެއްކުމުން ބްރެޒިލްގެ ކުރިގެ ފޯވަޑް ރޯނާލްޑީނިއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ އަސިސް، ޕެރަގުއޭގެ ޖަލުން ދޫކޮށްލައި ގޭ ބަންދަށް ބަދަލު ކޮށްފި އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހު ޕެރަގުއޭގެ ފުލުހުން ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ހައްޔަރު ކުރީ ޕެރަގުއޭގެ ވަގު ޕާސްޕޯޓެއް ހައްދައިގެން ނެވެ. އަދި ފަހުން ބްރެޒިލްގެ ޕާސްޕޯޓް ދެއްކި ނަމަވެސް ބްރެޒިލްގެ ރައްޔިތުން އެ ޕެރަގުއޭއަށް އެތެރެވުމުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ނުވުމުގެ މައްސަލަ ވެސް ރޮންލްޑީނިއޯގެ މައްޗަށް ކުރެ އެވެ.

ރޮނާލްޑީނިއޯގެ ކެރިއާގެ އަނދިރިފަރާތް

ޖަލުގެ އަދަބުން ސަލާމަތް ވުމަށްޓަކައި، ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ވަނީ ކޮންމެ މީހަކު 800،000 ޑޮލަރު ކަފާލާތުގެ ގޮތުގައި ދައްކާފަ އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ މައްސަލަ ހިނގަމުން ދާތީ ގާޒީ ނިންމެވީ ގޭ ބަންދަށް ބަދަލު ކުރުމަށެވެ.

ޖަލުގައި 32 ދުވަސް ހޭދަ ކުރުމަށް ފަހު މިހާރު، ރޮނާލްޑީނިއޯ އާއި އަސިސް ގޭ ބަންދުގެ މަރުހަލާ ފުރިހަމަ ކުރަމުން ދަނީ، ޕެރަގުއޭގެ ވެރިރަށް އަސުންސިއޯންގެ މައި އޭރިއާގައި ހުންނަ ހޮޓަލެއްގަ އެވެ.