ރޭގެ ވަގުތެއްގައި އަވަހާރަވި ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް އަހުމަދު ނޫމާނަކީ އިހްލާސްތެރި ހިދުމަތްތަކެއް ކޮށް ދެއްވި ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ބެންގަލޫރުގައި ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަނެއް ކުރެއްވުމަށް ފަހު އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނުއުމާން އަވަހާރަވުމާއި ގުޅިގެން ރައީސް ސޯލިހް މިއަދު ވަނީ ނުއުމާންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ ކޮމިޝަނަރު ޖެނަރަލް އޮފް ކަސްޓަމްސް ނުއުމާން އަަަވަހާރަވި ހަބަރު އެއްސެވީ ހިތާމަޔާއެކުގައި ކަމަށެވެ. ނުއުމާންއަކީ ތެދުވެރި އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.