ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ވެލިވަރު ރިސޯޓްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް ނެތެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެމްއެންޑީއެފްއިން ބުނި ގޮތުގައި މުދާ ލާފައިހުރި ކޮންޓެއިނާއެއްގައި ރޯވެގެންނެވެ.
މިހާރު ވެސް ވެލިވަރުގައި ބަޔަކު ކަރަންޓީނުގައި އެބަ ތިއްބެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރިސޯޓްގެ ކިހާ ހިސާބެއްގައި ކަމެއް ސާފެއް ނޫނެވެ.
އެ ރަށުގައި ތިބި ސިފައިންގެ މަސައްކަތުން މިހާރު އަލިފާންގަނޑު ވަނީ ނިއްވާލާފަ އެވެ. ކޮންޓެއިނާގައި ހުރި ޕްލާސްޓިކް އަދި ކޮންސްޓްރަކްޝަންއަށް ބޭނުން ކުރާ ސާމާނު ވަނީ ވަރަށް ބޮޑަށް އަނދާފަ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.