ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފޮރިން މިނިސްޓްރީ

ތިރިވަނަންތަޕޫރަމް، ކޮޗިންގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުމުގެ ފުރުސަތު

ތިރިވަނަންތަޕޫރަމްއާ ކޮޗިންގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުމުގެ ފުރުސަތު އެ މީހުން އާއިލާތަކަށް ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މިމަހުގެ 11 ވަނަދުވަހު ތިރިވަނަންތަޕޫރަމް އަށް މޯލްޑިވިއަންއިން ދަތުރުކުރުމަށް ހަމަޖެހިފައިވާތީ ދިވެހި އާއިލާތަކަށް ތަކެތި ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ތިރިވަނަންތަޕޫރަމްއާ ކޮޗިންގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކުން ފޮރިން މިނިސްޓްރީގައި އެކަމަށް ހާއްސަކޮށްފައިވާ ފޯމް ފުރުމަށްފަހު ހުށައަޅާ އެންމެ ފުރަތަމަ 600 މީހުންނަށް ތަކެތި ފޮނުވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެތި

  • ޑަކްޓަރީ ބޭސް (ޑޮކްޓަަރުގެ ބޭސްސިޓީ އޮންނަންވާނެ)
  • މަސް ދަޅު ކޭސް
  • ނޫޑްލްސް ކޭސް
  • ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
  • މަސްފަކެޓް / ފަތް ފަކެޓް / ފިހާރަތަކުން ވިއްކާ ޕެކްކޮށްފައި ހުންނަ ކާބޯތަކެތި

ކާގޯގެ ގޮތުގައި ނުފޮނުވޭނެ ތަކެތި

  • ފައިސާ
  • ރޯމަސް
  • ކިއްލި
  • ހެދިކާ
  • މޭވާ
  • ތަރުކާރީ
  • ސިނގިރެޓް އަދި ދުންފަތުގެ ބާވަތްތައް
  • ހަނޑޫ، ހަކުރު، ފުއް

ކޮންމެ އާއިލާއަކަށް ފޮނުވޭނީ 15 ކިލޯގެ ތަކެތި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ތަކެތި ފޮނުވުމުގެ ފުރުސަތު ލިބޭ އާއިލާތަކުން މާދަމާ ހެނދުނު 08:00 ފެށިގެން މެންދުރު ކުރީ 11:00 އަށް އަދި މެންދުރުފަހު 14:00 ފެށިގެން 18:00 އަށް އެއާޕޯޓްގެ ޑިޕާޗާ ހޯލް ކައިރީގައި ބެހެއްޓިފައިވާ ކައުންޓަރުތަކަށް ތަކެތި ހަވާލު ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.