ހަބަރު

މޫދަށް ފުންމާލި މުދިމު އަދިވެސް ނުފެނޭ

Apr 9, 2020
1

ޖޭޑަބްލިއު ރިސޯޓްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒިފެއްގެ ހަބަރެއް ނުވެގެން އޭނާ ހޯދުމުގެ މަސައްކަތް ކުރާތާ ތިން ދުވަސްވީއިރުވެސް އޭނާ ފެނިފައިނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ގެއްލިގެން ހޯދަމުންދަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރު ފިރިހެނެކެވެ. އޭނާއަކީ ޖޭޑަބްލިއު ރިސޯޓްގެ މުދިމު މީހާއެވެ.

އޭނާ ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިިދިޔަ ހޯމަ ދުވަހުގެ ރެ އެވެ.

އެމްއެންޑީއެފުން ބުނީ ސީސީޓީވީ ފްޓޭޖުން ފެންނަ ގޮތުގައި އެމީހާ ފޯން ކޯލެއްގައި ހުރެ ރިސޯޓްގެ ސަޕްލައި ޖެޓީން މޫދަށް ފުންމާލާ މަންޒަރު ފެންނަ ކަމަށެވެ. އެހެން ކަމުން މިދިޔަ ދުވަސްތަކުގައި ކަނޑާ، ވައިގެ މަގުން އަދި ޑައިވް ކޮށްގެންވެސް ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ.

ނަމަވެސް މިހާތަނަށް އެމީހާ ފެނިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.