އެޑްވަޓޯރިއަލް

ކްލެވެންޓީ: ދިވެހި އުފެއްދުމެއް، އިންޓަނޭޝަނަލް މާކެޓުގައި

Apr 10, 2020
5

އަތުކުރީގައި އަޅާ ގަޑިއަކީ މީހާގެ ޝަހުސިއްޔަތާއި ގުޅިފައިވާ ކަމެއް ގޮތުގައި ބައެއް މީހުން ދެކެ އެވެ. ބައެއް މީހުންނަށް މިއީ ފެޝަން ސްޓޭޓްމަންޓް އެކެވެ. ކޮންމެ ހެދުމަކާއެކު ގަޑި އެއް ނެތަސް، އެކި ވަގުތަށް ކަމުދަނީ އެކި ގަޑި އެވެ.

ތަަފާތު ބްރޭންޑް ތަކުގެ ގަޑިތަކާ އެއް ހަމަ އެއްގައި މިހާރު ރާއްޖޭގެ މަގުބޫލުކަން ހޯދާފައިވާ "ކްލެވެންޓީ" އަަކީ މިހާރު އިންޓަނޭޝަނަލް ބްރޭންޑް އެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުންގެ އަތު ކުރީގައި "ކްލެވެންޓީ" އެއް އޮވެ އެވެ.

ލަގްޒަރީ އެފޯޑަބަލް

ބޭރު މާކެޓުުތަކުގައިވެސް ނަން ހިނގާ ކްލެވެންޓީ އަކީ ދިވެއްސެއްގެ އުފެއްދުމެކެވެ. މި ގަޑީގެ ވިޔަފާރި ހިންގާ އިބްރާހިމް ޒިމާމް ކިޔައިދިން ގޮތުގައި، ކްލެވެންޓީ ގަޑިއަކުން ދައްކުވައިދޭން ބޭނުންވަނީ މިހާރުގެ ޒުވާނުންނަށް ކަމުުދާ ގޮތްތަކެވެ. މާ ގޮޮތްް ބޮޑު ޑިޒަައިންތަކާ ދުރުން، ލޮލަށް ފަސޭހަ އާދަައިގެ އެކަމަކު ފުރިހަމަ ޑިޒައިން ތަަކެކެވެ.

"ޓާގެޓް ގްރޫޕަކީ އަންހެނުން ވީމަ މިިހާރުގެ ޓްރެންޑިން ލުކް އެއް ގެނެވޭތޯ މަސައްކަތް ކުރަނީ. މިހާރު އެންމެ ގިނައިން ބޭނުންވަނީ މިނިމަލް ލުކް އެއް އައުޓްފިޓް އަށް ގެނެވޭނެ އެއްޗެއްް. އެހެންވެ، ކޮންމެ ގަޑިއަކުންވެސް ދައްކުވައިދޭން ބޭނުންވަނީ ވަރަށް މިނިމަލް، ކޮލިޓީ ރަނގަޅު ޖީބަށްވެސް ލުއިވާނެ ގަޑި އެއް"

ބޭރު ގައުމުތަކުގައިވެސް މަގުބޫލު

ޒިމާމް ކިޔައިދިން ގޮތުގައި، ގަޑި ވިއްކަން ފެށިތާ ދުވަސްކޮޅެއް ތެރޭގައި ޒުވާނުންގެ މެދުގައި މަގުބޫލު ވިޔެވެ. އަދި އިންޓަނޭޝަނަލް މާކެޓަށް ދާން މާ ގިނަ ދުވަހެއް ނުނެގި އެވެ. މިހާރު އެއީ، އެންްމެން ދަންނަ ބްރޭންޑް އެކެވެ. ރާއްޖޭގެ މަޝްހޫރު ސެލެބްްރިޓީންނާއި އިންފްލުއެންސަރުންގެ މެދުގައިވެސް މި ގަޑި މަގުބޫލެވެ. ކްލެވެންޓީ އިން ދަނީ ރާއްޖޭގެ އިތުރުން، ބޭރުގައުމުތަކުގެ ކަސްޓަމަރުން ހޯދަމުންނެވެ. އެގޮތުން، އެމެރިކާ، އިނގިރޭސިވިލާތާއި އިންޑިއާ އާއި ސްްރީލަންކާ އަދި ޑުބާއީ ފަދަ ގައުމުތައް މި ލިސްޓުގައި ހިމެނެ އެވެ.

"ވޯލްޑްވައިޑް 119 ގައުމަކަށް ފްރީ ޝިޕިިން ކޮށްދެން. އެއީ ހަތަރު ދުވަހާއި ފަސް ދުވަހުގެ ތެރޭގައި. އަދި މާލެ އާއި ހުޅުމާލެ އަށް ޑެލިވާ ކުރަން ނަގާނީ ދެތިން ގަޑި އިރު. ކޮންމެ ގަޑިއަކަށްވެސް ދެ އަހަރުގެ އިންޓަނޭޝަނަލް ވޮރަންޓީ އެއް ލިބޭނެ"

ކްލެވެންޓީ އިން މިހާރު ވަނީ ތިން ގަޑީގެ އެއް ކަލެކްޝަން ނެރެފަ އެވެ. މި ކަލެކްޝަން އަށް ލިބުނު ތަރުހީބާއެކު އަންނަ މަހުގެ ފަހުކޮޅު އާ ގަޑިތަކެއް ދައްކާލާނެ އެވެ.

"ކަސްޓަމަރުން ބޭނުންވާ ކަމުގައިވާނަމަ ގަޑި ގިފްޓް އެއްގެ ގޮތުގައި ޕެކް ކޮށްފައިވެސް އެބަ ދެން. އެއީ ހަދިޔާ އަކަށް މީހަކަށް ދޭ ކަމުގައިިވާނަމަ. އަންބޮކްސިން އެކްސްޕީރިއަންސް ހާއްސަވުން ބޭނުމަކީ" ކްލެވެންޓީ ގަޑި އޯޑަރު ކުރުމުގެ ހާއްސަ އިތުރު ކަމެއް ޒިމާމް ފާހަގަ ކުރި އެވެ.

ކްލެވެންޓީ ގަޑިއެއް (ވެބްސައިޓް)[https://kleventi.com/] މެދުުވެރިކޮށް އޯޑަރު ކުރެވޭނެ އެވެ. ނުވަތަ، ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށްވެސް މި ހިދުމަަތް ދެ އެވެ. ކަސްޓަމަރުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން، ކްލެވެންޓީގެ ވެބްސައިޓް މެދުވެރިކޮށް ޕޭމަންޓުތައް ހެއްދޭނެ އެވެ. އަދި، ބެންކް އޮފް މޯލްޑިވްސްގެ އިންޓަނެޓް ބޭންކިންގެ އިތުރުން، ޑެލިވަރީ އާއެކު ކޭޝް ޕޭމަންޓުވެސް ހެއްދޭނެ އެވެ.