ހަބަރު

ބާޖެއް އޮޔާދާތީ ސަމާލުވާން އަންގައިފި

ބާޖެއް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އަލިހުރަސް ކަނޑުތެރެެއިން ބާޖެއް އޮޔާދާ ކަމަށެވެ.

އެ ބާޖުގައި މީހަކުވެސް ނެތް ކަމަށާ އަލިކަމެއްވެސް ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ އެ ސަރަހައްދުން ދަތުރުކުރާ ހުރިހާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އެދިފައެވެ. މިއީ 100 ފޫޓް ހުރި ދަގަނޑު ބާޖެކެވެ.