ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސްޕެއިން

ސޮސީޑާޑްގެ ޕްލޭން ހާމަ ކުރުމުން ފާޑުކިޔުން

އެންމެ ލަސް ވެގެން އަންނަ ހަފުތާގައި، ރެއާލް ސޮސީޑާޑްގެ ޓްރެއިނިންތައް ފަށާނެ ކަމަށް އެ ޓީމުން އިއުލާން ކުރުމުން ފާޑު ކިޔުން އަމާޒު ވެއްޖެ އެވެ.

ސްޕެނިޝް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފައިވާ ޓީމުން ވަނީ، އެ ޓީމުގެ ޕްރެކްޓިސް ޕްލޭން އާންމު ކޮށްފަ އެވެ. ސްޕެއިންގައި ކޮވިޑް-19 އާންމު ހާލަތަކަށް އެޅިފައި ނުވާއިރު ވެސް ޓްރޭނިން ޕްލޭން އާންމު ކުރުމުން އެޓީމަށް ކުރިމަތިވި ފާޑު ކިޔުންތަކާއެކު މިހާުރު ވަނީ ޕްލޭންތައް ކެންސަލް ކޮށްފަ އެވެ.

ކުލަބުގެ ރައީސް ޔޯކިންގެ އެޕްރިބޭގެ ހާއްސަ އެންގުމަކުން މިހާރު ވަނީ، ކުލަބުގެ ހަރަތާކްތައް ކެންސަލް ކުރިކަން އަންގާފަ އެވެ.

ސްޕެއިންގެ ސަރުކާރުން ވަނީ، ކޮވިޑްގެ ހާލަތުގައި ޓީމުތަކުގެ ޕްރެކްޓިސް ކުރިއަށް ގެންދާނެ ގޮތުގެ ގައިޑްލައިނެއް ކަނޑައަޅާފަ އެވެ. އެގޮތުން ދެ ދަނޑެއްގައި ޕްރެކްޓިސް ކުރުމާއި، ޕްރެކްޓިސް ކިޓް ބަދަލު ކުރާއިރު ދެ މީހުން އެއް ޗޭންޖިން ރޫމް ބޭނުން ނުކުރުމެވެ.

އެ އުސޫލާ އެއްގޮތަށް ކުރުމަކީ ފީޒިބިލް ކަމަކަށް ނުވާތީ ސޮސީޑާޑުން ވަނީ ޕްލޭންތައް ކެންސަލް ކޮށްފަ އެވެ.