ހަބަރު

މީހުން ހެއްވާލެވޭނެތަ؟ މިއޮތީ ފުރުސަތެއް!

Apr 13, 2020
2

ސްޓޭންޑް އަޕް ކޮމޭޑީ ޝޯއެއް ގެންނަން އައިސް ޓީވީއިން ތައްޔާރުވެއްޖެ އެވެ. މިފަދަ ޝޯތައް ރާއްޖޭގައި ވަރަށް މަދެވެ. ނަމަވެސް ދުނިޔޭގައި މިހާރު އެންމެ ގިނަ ބަޔަކު މަގުބޫލުކަން ހޯދަމުން އަންނަނީ ސްޓޭންޑް އަޕް ކޮމެޑީ ޝޯތަކަށެވެ.

މައިކެއް ކުރިމަތި ހުރެ މީހުން ހެއްވާލައި ޖޯކު ކިޔައިދީ މީހުން ފޫހިނުކޮށްލާ ހިފަހައްޓާލުމަކީ ވަރަށް މަދު ބަޔަކަށް ނޫނީ ނުވާނެ ކަމެކެވެ. ނަމަވެސް ރާއްޖޭގައި ވެސް މިފަދަ އެތައް ބަޔަކު ތިބޭނެކަން ޔަގީނެވެ.

އެފަދަ މީހުންނަށް އައިސް ޓީވީއިން ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަން ފާޅުކުރަން އެ ޓީވީއިން ވަނީ އާންމުކޮށް ހުޅުވާލާފަ އެވެ.

އައިސް ޓީވީއިން ބުނި ގޮތުގައި، ސްޓޭންޑް އަޕް ކޮމޭޑިއަންއަކަށްވުމުގެ ހުވަފެން ހުރި ކޮންމެ މީހަކަށް ވެސް ޝޯގައި ބައިވެރިވުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އޮޑިޝަނެއް ބޭއްވުމަށްފަހު އޭގެ ތެރެއިން އެންމެ މޮޅު ކޮމޭޑިއަނުން ހޮވާނެ ކަމަށް ވެސް ބުންޏެވެ.

މި ޝޯ އައިސް ޓީވީއިން ފެށުމަށް ނިންމާފައިވަނީ އަންނަ ޖޫން މަހުގެ ތެރޭގަ އެވެ.