ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކަރަންޓީނުން 69 މީހަކު ދޫކޮށްލަނީ

މިވަގުތު ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން 69 މީހަކު މިއަދު ދޫކޮށްލަން ނިންމައިިފި އެވެ.

ކަރަންޓީން ކުރާ މީހުން ދޫކޮށްލަނީ 14 ދުވަހުގެ މުއްދަތަށް ކަރަންޓީންގައި ބޭތިއްބެވުމަށްފަހު ދެ ސާމްޕަލް ނަގާ ޓެސްޓް ކުރުމަށްފަހު ނެގެޓިވްވުމުންނެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ބުނީ މިއަދު ދޫކޮށްލުމަށް ހަމަޖެހިފައިވަނީ ތިން ކަރަންޓީން ފެސިލިޓީއެއްގައި ތިބި ބައެއް ކަަމަށެވެ. އެއީ އެރިޔަދޫ ކަރަންޓީން ފެސިލިޓީއާ ރޯޔަލް އައިލެންޑް އަދި ފަން އައިލެންޑް ކަރަންޓީން ފެސިލިޓީގައި ތިބި ބައެކެވެ.

މީގެ ކުރިންވެސް ވަރަށް ގިނަ ބަޔަކު ވަނީ ކަރަންޓީންގެ މުއްދަތަށް ފަހު ދޫކޮށްލާފައެވެ.

މިހާރު ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 985 މީހުންނެވެ. އައިސޮލޭޝަންގައި 31 މީހުން އެބަ ތިއްބެވެ.

މިހާތަނަށް ރާއްޖެއިން 23 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 16 މީހުން ވަނީ ރަނގަޅުވެފައެވެ. އިއްޔެ މާލެއިންވެސް ވަނީ ކޮވިޑަށް ތިން މީހުން ޕޮޒިޓިވްވެފައެވެ.