ހަބަރު

ޓްރީ ޓޮޕްގެ ޑައިލިސިސް ޑިޕާޓްމެންޓް ހުޅުވާ ގަޑިތަކަށް ބަދަލެއް

Apr 17, 2020

ލޮކް ޑައުން މުއްދަތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑައިލީސިސް ޑިޕާޓްމެންޓް ހުޅުވާފައި ހުންނަ ވަގުތުތަކަށް ބަދަލު ގެނެސްފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަރުން ބުނީ ރީ ޓޮޕް ހޮސްޕިޓަލުގެ ޑައިލީސިސް ޑިޕާޓްމެންޓް ހުޅުވިފައި ހުންނާނެ ގަޑިތަކަކީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 2:00 އިން ރޭގަނޑު 7:00 އަށް ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނީ، އެތަނުގެ ޑައަލިސިސް ޔުނިޓު ފަރުމާކުރެވިފައިވަނީ އެންމެ ޒަމާނީ ޑައިލިސިސް ހަދާ ވަސީލަތްތަކުގެ އެހީގައި ފަރުވާގެ ފުރިހަމަ ނަތީޖާ ނެރުމަށް އަމާޒު ކޮށްގެން ކަމަށެވެ. މި ޔުނިޓުގައި ދުވާލަކު 21 މީހުންނަށް ޑައަލިސިސްގެ ހިދުމަތް ދެވެންހުންނާނެ ކަމަށް ބުނެފައިވެ އެވެ. އަދި މި ބަލިމީހުންނަށް ހިދުމަތް ދިނުމުގައި ތަޖުރިބާކާރު ސްޕެޝަލިސްޓް ކޮންސަލްޓަންޓް ނެފްރޮލޮޖިސްޓުންނާއި ހުނަރުވެރި ކްލިނިކަލް ކެއާ ޓީމެއް އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާނެ ކަމަށެވެ.