ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ހަލާކުވާ މުދާ އަވަހަށް ނެރެ، މުދަލަށް ޑެމަރޭޖް ނާރާ ގޮތަށް ހަދައިފި

Apr 17, 2020

ވިޔަފާރި ބަނދަރުން މުދާ ނެރުން ލަސްވުމުން އަރާ "ޑެމަރޭޖް" މި ދުވަސްވަރު ނުނަގަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން، ރާއްޖެ އަށް މުދާ ގެނައުމުގެ މަސައްކަތާ ބެހޭ ގޮތުން، ނޭޝަނަލް އިމަޖެންސީ ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި ދުވަސްވަރު ވިޔަފާރިވެރިންނަށް ލުޔެއް ދިނުމުގެ ގޮތުން، މުދަލަށް ޑެމަރޭޖް ނާރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. ރާއްޖެ އަށް ބޭނުންވާ ވަރަށް މުދާ ގެންނަމުންދާ ކަމަށާ، މުދަލަށް ދައްޗެއް ނުވާނެ ކަމަށެވެ. އަދި މުދާ ނެރެން ވިޔަފާރިވެރިން އަވަސް ވެގަނެގެން ނޫޅެން ޝާހިދު ވަނީ ވިޔަފާރިވެރިންގެ ކިބައިން އެދިފަ އެވެ.

"ވަރަށް ގިނަ ޕެރިޝަބަލް އެއްޗެހި ހުރި. ހާއްސަ ހުއްދައެއްގެ ދަށުން އެ ތަކެތި ނެރެމުން މި ގެންދަނީ،" ޝާހިދު ވިދާޅުވި އެވެ.

މި ޕްރެސް ކޮންފަރެންސުގައި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ޝަރީފު ވަނީ އެމްޕީއެލްއިން ފައިސާ ބަލައިގަންނަ އުސޫލަށް ބަދަލު ގެނެސްފައިވާތީ، އޮންލައިންކޮށް ހިދުމަތް ހޯދުމަށް އެދިފަ އެވެ.