ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޑެލިވަރީ ކުރާ މީހުން އަމަލުކުރަން ޖެހޭ އުސޫލު އާންމުކޮށްފި

ޑެލިވަރީ ކުރާ މީހާ އަމަލުކުރަން ޖެހޭ އުސޫލެއް އެކުލަވާލާ އާންމުކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ޔޫތު މިނިސްޓްރީ ގުޅިގެެން މިއަދު ނެރުނު އެ އުސޫލުގައި 10 ކަމެއް ވަނީ ހިމަނާފައެވެ.

ޑެލިވަރީ ކުރާ މީހާ އަމަލުކުރަން ޖެހޭ އުސޫލު

  • ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކާއި އަންގި މަސައްކަތް ކުރާ ހުރިހާ ވަގުތެއްގައިވެސް ބޭނުން ކުރުން،
  • މަސައްކަތް ނިންމުމަަށްފަހު ރައްކާތެރިކަމާއެެކު މާސްކާއި އަންގި ނައްތާލުން،
  • ޑެލިވަރީ ކޮށްދޭނީ ކޮންމެ ގެއެއްގެވެސް ގްރައުންޑް ފްލޯއާ ހަމައަށް،
  • ޑެލިވަރީ ކުރާ މުދާ އަތުން އަތަށް ދިނުމުގެ ބަދަލުގައި ގްރައުންޑް ފްލޯގައި ބެހެއްޓުން އަދި ޑެލިވަރީ ކުރުމަށްފަހު މަޑުނުކުރުން،
  • މަސައްކަތް ކުރުމުގައި އިޖްތިމާއީ ގައިދުރުކަމަށް ކޮންމެހެންވެސް އިސްކަން ދިނުން ލާޒިމް،
  • ވޮލެންޓިއަރުން ނުވަތަ ކޮންޓެކްޓްވާ އެއްވެސް މީހެއްގެ ހުމާއި ރޯގާގެ އަލާމާތެއް ހުރެއްޖެނަމަ މަސައްކަތަށް ނުނިކުމެ ރިޕޯޓް ކުރުން،
  • ކޮންޓެކްޓް ޓްރޭސިން ހަދަމުންދާއިރު އެއިން އެއްވެސް ފަރާތަކާއި ކޮންޓެކްޓްވެފައިވާނަމަ މަސައްކަތަށް ނުނިކުމެ ރިޕޯޓް ކުުރުން،
  • މޮނިޓަރިން ނުވަތަ ކަރަންޓީނުގެ ހާލަތުގައިވާ އެއްވެސް ގެއަކަށް ނުވަތަ މީހަކަށް ޑެލިވަރީ ނުކުރުން،
  • ޑެލިވަރީ ކުރުމުގައި މަސައްކަތް ކުރަންޖެހޭނީ އެކަނި، ޑަބަލް ޝީޓްކޮށްގެން ޑެލިވަރީ ނުކުރުން،
  • އަމިއްލަ ގޭގައި އެއްވެސް މީހެއްގެ ފަރާތުން ރޯގާގެ އަލާމާތެއް ހުރިނަމަ އަދި ރޯގާ ޖެހި ބަލިވެ އުޅޭނަމަ މަސައްކަތަށް ނުނިކުތުން.

ފުލުހުން މިހާރު ވަނީ ޑެލިވަރީއަށް ހުއްދަ ދީފައިވާ ފިހާރަތަކަށް 24 ގަޑިއިރު ޑެލިވަރީ ކުރުމުގެ ހިދުމަތް ދިނުމުގެ ހުއްދަ ދީފައެވެ. އަދި ކެފޭ، ރެސްޓޯރަންޓްތަކަށް ހެނދުނު 08:00 ފެށިގެން ރޭގަނޑު 23:00 ނިޔަލަށް ފުރުސަތު ދީފައެވެ.

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތައް ފެންނަން ފެށުމާ ގުޅިގެން، މާލެ ސިޓީ ލޮކްޑައުން ކޮށްފައި ވާތީ އާންމުން ބޭނުންވާ މުދާތައް އެ ގެތަކަށް ޑެލިވާ ކޮށްދޭނެ ވޮލިންޓިއަރުން ހޯދަން ޔޫތު މިނިސްޓްރީން ހުޅުވާލުމުން 300 ވުރެ ގިނަ ވޮލަންޓިއަރުން ވަނީ އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.