ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މިއަދު މަގުމަތީ އުޅުނު 92 މީހުން ހައްޔަރުު ކުރި

ލޮކްޑައުންގެ ތެރޭގައި މާލޭގެ މަގުމަތީ އުޅުނު 92 މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅޭ ގޮތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިރޭ ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މާލޭ މަގުމައްޗަށް ނިކުމެ އުޅުން މަަނާކޮށްފައިވާއިރު އެކަން ޔަގީން ކުރުމަށްޓަކައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެގޮތުން މިއަދު މިރެއާ ހަމަޔަށް 92 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ އިތުރުން އެކަކު ޖޫރިމަނާކޮށްފައިވާކަން ފުލުހުން އަންގާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"މިއަދު މިހާތަނަށް 92 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އަދި އެކަކު ވަނީ ޖޫރިމަނާކޮށްފައި،" މަބްރޫކް ވިދާޅުވި އެވެ.

ކޮރޯނާވައިރަސް މާލޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ 14 ދުވަހުގެ މުއްދަތަކަށް ކާފިއު ހިންގަން ނިންމައިފަ އެވެ. އެހެން ނަމަވެސް ކާބޯތަކެތި ޑެލިވަރީ ކުރުމާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެން ގިނަ ބަޔަކު އަދިވެސް ފިހާރަތަކަށް ނިކުމެ ވިޔަފާރި ކުރެ އެވެ.

އެހެން ނަމަވެސް ފުރަތަމަ ދެ ދުުވަހު ފިޔަވަޅު ނަސޭހަތް ދިނުމަށް ފަހު ފުލުހުން ރޭ 8:30 ގެ ފަހުން ހަތް މިނެޓު ތެރޭ 74 މީހުން ވަނީ މަގުމަތިން ހައްޔަރުކޮށްފަ އެވެ.