ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މެޑް ޓެކުން ރާއްޖެއަށް މެޑިކަލް ސާމާނު ގެނެސްފި

Apr 19, 2020

ކޮވިޑް-19 އާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ބައެއް މެޑިކަލް ސާމާނު މެޑްޓެކް ކުންފުނިން ގެނެސްފި އެވެ.

މޯލްޑިވިއަންގެ ފްލައިޓެއްގައި މެޑްޓެކް ކުންފުނިން ރާއްޖެ ގެނައީ 5،000 ކިލޯގެ ތަކެއްޗެވެ. މި ތަކެތީގެ ތެރޭގައި ކޮވިޑް-19 އަށް ޓެކްސް ކުރަން ބޭނުންވާ 105 ޓެސްޓް ކިޓާއި ސާމްޕަލްތައް ޓްރާންސްފާ ކުރަން ބޭނުން ކުރާ، 40 ބޮކްސް ވެސް ހިމެނޭއިރު ދެން ހިމެނެނީ 13،600 ޑިސްޕޯސަބަލް ފޭސް ޝީލްޑެވެ.

މެޑްޓެކް ކުންފުންޏަކީ ރާއްޖެއަށް ބޭނުންވާ މެޑިކަލް ސާމާނު ވިއްކާ ކުންފުންޏެކެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ބޭނުންކުރާ ސާމާނާއި ބޭހުގެ ގިނަ ބާވަތްތަކެއް ދަނީ ރާއްޖެއަށް ގެންނަމުންނެވެ.