ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ވިޔަފާރިވެރިޔާ އޮންގްގެ ދީލަތި އެހީއެއް ދިވެހިންނަށް

Apr 22, 2020
6

ދުނިޔޭގެ އެކި ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް) ކުންފުނީގެ ފަރާތުން ރާއްޖެއަށް 15 ވެންޓިލޭޓަރު ހަދިޔާ ކޮށްފި އެވެ.

އެޗްޕީއެލްގެ ވެރިޔާ މރ. އޮންގްގެ އެހީތެރިކަމުގައި ދިވެހިންނަށް 15 ވެންޓިލޭޓަރާއި، 100،000 މާސްކް ވަނީ ހަދިޔާ ކޮށްފަ އެވެ. އަދި އެ ތަކެތި މިހާރު ވަނީ ސިންގަޕޫރުގައި ހުންނަ ދިވެހި ހައިކޮމިޝަނާ ހަވާލުކޮށްފަ އެވެ.

ފޯސީޒަން ކުޑަހުރާ އާއި ލަނޑާ ގިރާވަރު އަދި ގިލި ލަންކަންފުއްޓާއި ހޮލިޑޭއިން ކަނޑޫމާ އަދި ސިކް ސެންސަސް ލާމު ހިންގަމުން ގެންދާ ކުންފުނީގެ ފަރާތުން ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ކޮވިޑްގެ ނުރައްކާ ރާއްްޖެއަށް ބޮޑުވެ، އެ ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެހެން ކަމުން ގިނަ އަދަދަކަށް ވެންޓިލޭޓަރު ބޭނުންވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އަދި އެކި ގޮތްގޮތުން ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެހެން ކަމުން އެޗްޕީއެލްގެ މި އެހީތެރިކަމަކީ މިވަގުތަށް ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ އެހީތެރިކަމެކެވެ.

ރާއްޖޭގެ އިތުރުން މެލޭޝިޔާ އާއި އިންޑޮނޭޝިޔާ، ބޫޓާން އަދި ދެކުނު އެފްރިކާ އާއި ތައިލޭންޑުގައި ރިސޯޓު ހިންގަމުން ގެންދާ ކުންފުނިން މީގެ ކުރިންވެސް ވަނީ ދިވެހިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.