ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ސުކޫލުތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ހާއްސަ ކޮށްގެން ކުއިޒެއް ބާއްވަން ސަލަފު ޖަމިއްޔާއިން ނިންމައިފި އެވެ.
މި ކުއިޒު ކުރިއަށް ގެންދާނީ އިނގިރޭސި ބަހުންނެވެ.
ކުއިޒުގެ ކޯޑިނޭޓަރު އަދި ސަލަފްގެ ހިންގާކޮމެޓީގެ މެމްބަރު މުހައްމަދު ޝުޖާއު ވިދާޅުވީ ކުއިޒްގައި ބައިވެރިވުމުގެ ފުރުސަތު ގުރޭޑް ހަޔަކުން މަތީގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
"މި ކުއިޒުގައި ބައިވެރިވެވޭނީ ގުރޭޑް ހަޔަކުން ފެށިގެން މަތީ ގުރޭޑުތަކުގެ ދަރިވަރުންނަށް. ކުއިޒުގައި ކޮންމެ ފަސް ދުވަހަކުން ޖެހޭނީ އަޅުގަނޑުމެން ކަނޑައަޅާފައިވާ އާޓިކަލެއް ކިޔަން. ފަހުން ލިޔުމުގައިވާ މައުލޫމާތު ތަކުން ފަސް ސުވާލު ކުރާނެ. އެ ސުވާލުތަކަށް ޖަވާބު ދޭންޖެހޭނީ. ސުވާލުތައް ހުންނާނީ އެމްސީކިޔު ފޯމެޓަށް ގޫގުލް ފޯރަމެއްގައި"
ސުވާލު މުބާރާތުން ވަނައަށް އަންނަ ދަރިވަރުންނަށް ފައިސާގެ އިނާމްވެސް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން އެއްވަނަ ދަރިވަރަކަށް 1500 ރުފިޔާ ދެވަނައަށް 1000 ރުފިޔާ އަދި ތިންވަނައަށް 500 ރުފިޔާ ދޭނެ އެވެ.