ހަބަރު

ދަރިވަރުން ކެތްތެރިވާން ޖެހޭނެ: މައި ކޮލެޖް

Apr 24, 2020

ކޮވިޑް-19 އާ ގުޅިގެން ދިމާވާ ދަތިތަކަށް ކެތްތެރި ކަމާއެކު ކުރިމަތިލާން އެ ކޮލެޖުން ދަރިވަރުންގެ ކިބައިން އެދިއްޖެ އެވެ.

މައި ކޮލެޖުގެ ރެކްޓާ ލަމްޔާ ހަމީދު ދަރިވަރުންނަށް ފޮނުވާފައިވާ މެސެޖެއްގައިވާ ގޮތުން ކޮވިޑް-19 ގެ ނުރައްކާ ރާއްޖެ އަށް ކުރިމަތި ވެފައިވާ މި ވަގުތު އެޗްޕީއޭ ގެ ނަސޭހަތްތަކާއި އިރުޝާދު އަޑުއަހައި ކެތްތެރިވެ ތިބުން މުހިންމެވެ. އަދި ކަންބޮޑުވެ، މާޔޫސްވުމުގެ ބަދަލުގައި ދިމާވެފައިވާ ހާލަތާ ގުޅޭ ގޮތުން ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް އެދި ވަޑައިގެންފައި ވެއެވެ.

"... މި ހާލަތާއެކު ދިރިއުމާއިގެން ކުރި އަށް ދަމާ ހިނގާށެވެ. މި ހާލަތުގައި ދިރިއުޅެވޭނެ އެންމެ ރަނގަޅު ގޮތްތަކާ މެދު ވިސްނަމާ ހިނގާށެވެ... މި ވަގުތު ބަލަނީ މި ވަގުތަށް ބޭނުންވާ ކަމެއްގައި ހިފޭތޯ އެވެ،" މެސެޖްގައި ލަމްޔާ ވިދާޅުވެފައިވެ އެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އާއިލާއާއެކު ދިރިއުޅެން ވަގުތު ވެފައިވާއިރު، އާއިލީ ޒިންމާ އާއި ދިރިއުޅުމުގެ ކަންތައްތައް ފުރިހަމަ އަށް ކުރުން މުހިންމު ކަމަށެވެ.