ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މޮނިޓަރިންގެ ހާލަތުގައި ހަތް ރަށެއް

މިވަގުތު މޮނިޓަރިންގެ ހާލަތުގައި ވަނީ މާލޭގެ އިތުރުން ހަތް ރަށެއް ކަމަށް ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖެއަށް ފެތުރި، މާލެއިން ގިނަ ބަޔަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެގޮތުން މިއަދުގެ މިހާތަނަށްވެސް މާލެއިން ވަނީ ނުވަ މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާ، ފަސް ބިދޭސީންނެވެ.

ޕޮޒިޓިވްކޭސްތަކާއި ގުޅިގެން އެޗްޕީއޭއިން ގެންދަނީ އެމީހުން ދިރިއުޅުނު ތަންތަނާއި، އެ މީހުންނާ ކޮންޓެކްޓްވީ މީހުން ދިރިއުޅޭ ތަންތަން އަދި އެ މީހުން ގޮސްފައިވާ ރަށްތައްވެސް މޮނިޓަރިންގެ ހާލަތަށް ގެންނަމުންނެވެ.

އެގޮތުން މިއަދުގެ ނިޔަލަށް ހަތް ރަށެއް މާލޭގެ އިތުރުން މޮނިޓަރިންގެ ހާލަތުގައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މޮނިޓަރިންގެ ހާލަތުގައިވާ ރަށްތައް

  • މާލެ
  • ކ. ގުރައިދޫ
  • ބ. ފުޅަދޫ
  • ދ. ކުޑަހުވަދޫ
  • ކ. ތުލުސްދޫ
  • ކ. ކުޑަވިލިގިލި
  • ކ. ތުޅާގިރި އައިލެންޑް ރިސޯޓް
  • ހއ. އުލިގަމް

މާލެ މިހާރު އޮތީ 14 ދުވަހުގެ ލޮކްޑައުންއެއްގައެވެ. އެއީ މިމަހުގެ 15 ވަނަ ދުވަހު މާލެއިން މީހަކު މި ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

އެންމެ ފުރަތަމަ މާލެއިން ޕޮޒިޓިވްވީ އަންހެނެކެވެ. ދެން އޭނާގެ ދަރިފުޅެވެ. އަދި އެ ދެމައިންނާ ބައްދަލްވި އެތައް ބަޔަކުވެސް ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

އޭގެ ފަހުން މާލެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 70އަށް އަރާފައެވެ. އަދި މުޅި ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 95 އަރާފައެވެ.