ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ށ. އަތޮޅުގެ ފަސް ރަށެއް ކަރަންޓީން ކޮށްފި

Apr 25, 2020
1

ށ. އަތޮޅުގެ ފަސް ރަށެއް ކަރަންޓީން ކޮށްފި އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިއަދު އިތުރު ހަ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ށ. އަތޮޅުގެ ފަސް ރަށަކާއި ނ. އަތޮޅުގެ ރަށެއް ކަމަށެވެ.

މި ރަށްތައް ކަރަންޓީން ކޮށްފައިވަނީ ށ. އަތޮޅު ނަރުދޫ މީިހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ އެވެ. އެ މީހާއަކީ ބޯޓެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް ވެއެވެ. އަދި އެމީހާ މަސައްކަތްކުރާ ބޯޓް ވަރަަށް ފަހުން ވަނީ ދަތުރެއް ވެސް ކޮށްފައި ކަމަށް އެނގިފައި ވެއެވެ.

މި ރަށްތަކާއެކު މިވަގުތު ކަރަންޓީންގައި 14 ރަށެއް އެބައޮތެވެ.

ކަރަންޓީންގައިވާ ރަށްތައް

  • ށ. ނަރުދޫ
  • ށ. ފުނަދޫ
  • ށ. މިލަންދޫ
  • ށ. ފީވައް
  • ށ. މާއުނގޫދޫ
  • ނ. ހޮޅުދޫ
  • ހއ. އުލިގަމް
  • ކ. ގުރައިދޫ
  • ބ. ފުޅަދޫ
  • ދ. ކުޑަހުވަދޫ
  • ކ. ތުލުސްދޫ
  • ކ. ކުޑަވިލިގިލި
  • ކ. ތުޅާގިރި އައިލެންޑް ރިސޯޓް
  • މާލެ ސިޓީ

މިހާތަނަށް ރާއްޖެއިން 137 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެވައެވެ. އެއީ 68 ދިވެހިންނާ 69 ބިދޭސީންނެވެ. މާލެ ސިޓީ ވަނީ 14 ދުވަހުގެ ލޮކްޑައުން އެއްގައެވެ.