މާލޭގައި ކޮވިޑް-19 އަށް ޕޮސިޓިވް މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މާލެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީންނަށް ބަލި ޖެހުނު އިރު އޭގެ ތެރޭގައި ހިމެނޭ ބައެއް ބިދޭސީނަކީ އެއް ތަނެއްގައި ދިރިއުޅެމުން އައި މުވައްޒަފުންތަކެކެވެ. އޭގެ ތެރޭގައި ޑެލިވަރީގެ މަސައްކަަތުގައި އުޅޭ ބިދޭސީން ވެސް ހިމެނެ އެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އެ މީހުން ގޮސްފައިވާ ތަންތަނާއި ކޮންޓެކްޓް ވެފައިވާ މީހުން ޓްރޭސް ކުރަން ބަލާއިރު އެތައް ސަަތޭކަ ބަޔަކު އުޅޭނެ ކަމަށް ސަރުކާރުން ވެސް އަދި އާންމުން ވެސް ލަފާ ކުރެ އެވެ. އެކަން ވާނީ ވެސް ދަތި އުނދަގޫ ކަމަކަށެވެ.
އެޗްޕީއޭގެ ފަރާތުން ޑރ. ނަޒްްލާ ރަފީގް ވިދާޅުވި ގޮތުގައި މި ވަގުތު މިއީ ވަރަށް ސަމާލު ވެގެން ތިބެން ޖެހޭ ވަގުތެކެވެ. ޕޮޒިޓިވް އެތައް ކޭހެއް މާލެ ތެރެއިން ފެނުނު އިރު ވައިރަސް ފެތުރިފައިވާ މިންވަރު އަމިއްލަ މިންގަނޑަކުން ވެސް އަންދާޒާ ކޮށްލަން ޖެހެ އެވެ. އެއްޗެއް ގަނެލަން މަގުމައްޗަށް ނުކުމެވޭ ގޮތެއްވެ އެ ފުރުސަތު ލިބުނު ކަމުގައި ވިޔަސް ބުއްދިވެރިީ މަގުމައްޗަށް ނުދިއުމެވެ. ދަތީގެ ވަގުތުގައި ދަތިކަން އޯގަނައިޒްވާނެ ގޮތެއް ހަދައިގެން ކެތްތެރިކަމާއެކު އުޅުމެވެ.
ފިހާރަތަކުން ޑެލިވަރީއަށް ގުޅައިގެން ހޯދާ އެއްޗެހި ގެެއަށް ގެންގޮސް ދިނުމުން، ސަމާލުވެގެން އެ ތަކެތި ގޭތެރެއަށް ވެއްދުމުގެ މުހިއްމުކަން ވެސް ބޮޑެވެ. ވިސްނުން އެގޮތަށް ގެންގުޅެން ވެސް ޑޮކްޓަރުން އެދި ވަޑައިގަންނަވަ އެވެ. ޑެލިވަރީ ކުރާ އެއްޗެހި ގޭބިސީއަށް ވެއްދުމަށްފަހު އަތް ދޮވުމާއި ޑެލިވަރީއަށް ފަހު ޕޭމަންޓުތައް އޮންލައިން ކޮށް ހެދުމަކީ މި ވަގުތަށް ރައްކާތެރި ކަމުގެ ގޮތުން އެޅޭނެ ބޮޑު ފިޔަވަޅެކެވެ. ފައިސާ ބޭނުން ކޮށްގެން ވިޔަފާރި ކުރާ މިންވަރު މަދުކޮށް، ނޫނީ އެއްކޮށް އޮންލައިން ޕޭމަންޓުތަށް ބަދަލުވުން އެއީ އެންމެ ރަނގަޅު ގޮތެވެ.
ކޮންްމެހެން ބޭރަށް ނުކުންނަން ޖެހޭ މީހުން ބޭރަށް ނކުންނަ ވަގުތުތަކުގައި ވެސް ސަމާލުވާން ޖެހެ އެވެ. ފެރީގައި ދަތުރު ކުރާ މީހުންނާއި ހާއްސަ މަސައްކަތަށް ނުކުންނަން ޖެހޭ މީހުން އެގޮތަށް ނުކުންނަ އިރު ވެސްް ސޯޝަލް ޑިސްޓެންސިން އާ މެދު ހަަނދާން ނައްތާލައިގެން ނުވާނެ އެވެ. މި ވަގުތު މިއީ އެކަމަށް އެންމެ ސަމާލުވާން ޖެހޭ ވަގުތެވެ.
"އަޅުގަނޑުމެނަށް އާދަަވެފަ ހުންނަ ކަމެއް [އެކަކު އަނެކަކަށް] ތަތްވެގެން ގޮސް ދެން ހުންނަ މީހާއާވެސް ޖެހިގެން ހުރެވޭނީ ކިޔޫއެއްގައި ހުންނަ އިރު ވެސް ގައިދުރުކަން ބަހައްޓަން ހަނދާންކޮށް [ތަތްވެގެން ތިބެވޭ] އެ އާދަ ބަދަލު ކުރަންޖެހޭ. ކޮންމެހެން ނުކުންނަ މީހާވެސް ގައިދުރުކަން ހަނދާކޮށް ބެހެއްޓުން ވަރަށް މުހިއްމު. މި ވަގުތު ބަލަން ޖެހޭނެ ކޮންމެ މީހަކީ ވެސް ބަލި ޖެހިފަ ހުރެދާނެ މީހެއް ކަމަށް،"
އަޅުގަނޑުމެނަށް އާދަަވެފަ ހުންނަ ކަމެއް [އެކަކު އަނެކަކަށް] ތަތްވެގެން ގޮސް ދެން ހުންނަ މީހާއާވެސް ޖެހިގެން ހުރެވޭނީ ކިޔޫއެއްގައި ހުންނަ އިރު ވެސް ގައިދުރުކަން ބަހައްޓަން ހަނދާންކޮށް [ތަތްވެގެން ތިބެވޭ] އެ އާދަ ބަދަލު ކުރަންޖެހޭ،ޑރ. ނަޒުލާ ރަފީގް | އެޗްޕީއޭ
މި ވަގުތު އާއްމުން ބައެއް އާދަތައް ބަދަލު ކުރަން ޖެހެ އެވެ. އެގޮތުން އެކި ކަންކަމުގައި ބޭރުގައި އުޅުމަށްފަހު ގެއަށް ވަންނަ އިރު އަތް ދޮވުމާއި، ލައިގެން ހުންނަ އަަންނައުނު ވަކި ކޮށް ދޮވުމާއި ސާފު ތާހިރުކަން އިތުރަށް ބޮޑު ކުރަން ޖެހެ އެވެ. މިކަންކަން މިއީ އެހެންޏާ ކޮންމެ ދުވަހަކު އެހާ ސަމާލުވެގެން ނުކުރާ ކަންކަން ނަމަވެސް މިއަދުގެ ހާލަތާއެކު މިއީ ކޮންމެހެން ވެސް މުހިއްމު ބަދަލަކަށް މިވަނީ ވެފަ އެވެ.
"ބޭރަށް ނިކުމެފައި އަނބުރާ ގެއަަށް ވަނުމަށް ފަހު ލައިގެން ހުންނަ އެއްޗެހި ބަދަލު ކުރުން. އެ އެއްޗެހި ގޭތެރޭގައި އުޅޭ މީހުންގެ އެއްޗެއްސާ ވަކިކޮށް ދޮންނަން ޖެހޭނެ، އަދި ހަމަ ގެއަށް ވަނުމާއެކީ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އަަތް ދޮވުން ކަމުގައި ހެދަން ޖެހޭ. އެއްޗެހި ބަދަލު ކުރުމަށް ފަހު ފެންވެރުން. އެވަރަށް ސަމާލުވެގެން އުޅެން ޖެހޭ ވަގުތެއް މިހާރު މިއީ،"
ކޮވިޑް-19 އިގެ ބަލާއާފާތުގެ ވައިރަސް މާލެތެރޭގައި "ބޯކޮށް" ފެތުރިފައިވާއިރު އާއްމުންގެ ދިރިއުޅުމުގެ ކަންކަން ބަދަލު ކުރުމަށް ސިއްހީ މާހިރުންގެ ހިމެނި ވަޑައިގަންނަވާ ޕްރެސްގައި ތަކުގައި ތަކުރާރުކޮށް ދަނީ އެދި ވަޑައި ގަންނަވަމުން ނެވެ. އާދަތައް ބަދަލުކޮށް ސަމާލުކަންދޭންވީ ކަންކަން އިތުރު ކުރަން މިހާރު މިވަނީ މަޖުބޫރުވެފަ އެވެ. އެއީ ތިމާ އާއި އެންމެންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކަ އެވެ.