ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

ބާޒާރު ލީލީގެ ދެ ދުވަހެއްގެ ކަސްޓަމަރުން ބަލަނީ

Apr 20, 2020
1
މާލޭގެ ފިހާރައަކުން މުދާ ލޯޑު ކުރުމުގެ މަސައްކަތް ކުރަނީ. -- އަވަސް ފޮޓޯ: އަހުމަދު އަޝްހާދު
0%
0%
0%

ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ލީލީ ކުންފުނީގެ މުވައްޒަފުންތަކެއް ހިމެނޭއިރު، އޭގެ ތެރޭގައި ލިލީ ސްޓޯރުގެ މަސައްކަތްކުރާ މީހަކު ހިމެނޭތީ، ދެ ދުވަހެއްގެ މަތިން ބާޒަރުމަތީގައި ހުންނަ ލިލީގެ ފިހާރައަށް ދިޔަ މީހުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް އަންގަން އެދިއްޖެ އެވެ.

އެންއީއޯސީގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 55 ވަނަ ކޭސްއަކީ ލީލީ ފިހާރާގައި މަސައްކަތްކުރާ މީހަކަށްވާތީ، އިތުރު ބައަކާ އޭނާ ބައްދަލުވެފައި ހުރެދާނެ ކަމަށެވެ.

އެގޮތުން، މިމަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 8:00 އިން އިރުއޮއްސި 6:00 އަދި 14 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ބާޒާރު ލިލީ ފިހާރައަށް ދިއަ މީހުން އެޗްޕީއޭއަށް އެންގުމަށް ޑރ. ނަޒްލާ ވަނީ އެދިވަޑައިގެންފަ އެވެ.

ކޮވިޑް-19 އަށް މިއަދު އެކަނި މާލެއިން މިހާތަނަށް 15 މީހަކު ވަނީ ޕޮޒިޓިވްވެފައި އެވެ. އެއާއެކު ހަމައެކަނި މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 47 އަރާފަ އެވެ. އޭގެ ތެރޭގައި 29 ދިވެހިންނާއި 38 ބިދޭސީން ހިމެނެ އެވެ.

އެ މީހުންނާ ސީދާ ގޮތުންނާ ނުސީދާ ގޮތުން ބައްދަލުވި މީހުން ހޯދައި އެކަހެރިކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެގޮތުން، ޕޮޒިޓިވްވި ކޭސްތަކާ ގުޅުންހުރި 900 އަށް ވުރެ ގިނަ މީހުން ވަނީ ހޯދިފަ އެވެ.

މާލެއިން ފެނުނު ކޭސްއާއެކު، މުޅި މާލެ ސަރަހައްދު ވަނީ 14 ދުވަހަށް ލޮކްޑައުންކޮށްފަ އެވެ. އަދި އަތޮޅު ތެރޭގައިވެސް އެ ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހަހުރަ

އާނ!!! ތިބުނާ ދެ ދުވަހަކު ބާޒާރު ލިލީއަށް އަހަރެން ވަނިން!!! ނޫޑުލިސް ކޭހެއް ގަންނަން!!!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345