ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކ. ގުރައިދޫ

ކ. ގުރައިދޫ މޮނިޓަރިންއަށް ގެންގޮސްފި

ކ. ގުރައިދޫ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) ގެ މި ރޭގެ ނޫސްވެރިންގެ ބައްދަލު ވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މިވަގުތު މޮނިޓަރިންގެ ހާލަތުގައި އަށް ރަށެއް އެބައޮތް ކަމަށެވެ.

މިއަދު ގުރައިދޫ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ އިރު އުތުރުން ހއ. ގެ ފަސް ރަށެއް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. އަދި ހދ. ގެ ދެ ރަށެއް ވެސް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.

މޮނިޓަރިންގައިވާ ރަށްތައް

  • ހއ. މާރަންދޫ
  • ހދ. ވައިކަރަދޫ
  • ހދ. ހިރިމަރަދޫ
  • ހއ. ހޯރަފުށި
  • ހއ. ތުރާކުނު
  • ހއ. އިހަވަންދޫ
  • ހއ. އުލިގަމު
  • ޖޯލި މޯލްޑިވްސް
  • ބޮޑުފުށި ކޮންސްޓްރަކްޝަން ސައިޓް
  • ގްރޭޑާ މާލެ ސަރަހައްދު

ކޮވިޑް-19 އަށް މިއަދު އެކަނި މިހާތަނަށް 15 މީހަކު ވަނީ ޕޮޒިޓިވްވެފައި އެވެ. އިއްޔެ 17 މީހަކު ޕޮޒިޓިވްވި އެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 67 އަރާފަ އެވެ.