ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ތަރާވީސް ނަމާދު ސިޓިން ރޫމަށް!

ބޮޑު އާއިލާއެއް ގޭގެ ޖަމާއަތެއްގައި ތަރާވީސް ނަމާދު ގޭތެރޭގައި ކުރަނީ
80%
20%
0%

ރޯދަ ވީއްލައި މަޣުރިބު ނަމާދުގެ އަޅުކަމާއެކު އެއްޗެއް ކާލައިގެން އެންމެވެސް ތައްޔާރު ވަނީ އިޝާ ނަމާދާއި ތަރާވީހު ނަމާދަށެވެ. ބައްޕައިން ފިރިހެން ދަރިފުޅު ގޮވައިގެނެވެ. މަންމައިން އަންހެން ދަރީން ގޮވައިގެން ނޫނީ ބޭބެ / ދައްރަ ކޮއްކޮމެން ގޮވައިގެން ފެންފުޅިއަކާއެކު ތަރާވީސް ނަމާދަށް މިސްކިތަށް ދާން ނުކުމެ އެވެ. ދޮޅި / ފެންފުޅިއާއެކު އިޝާ ނަމާދަށް ބަންގި ގޮވަން ވާއިރަށް މިސްކިތަށް އެރޭތޯ އެންމެން ވެސް ބަލަ އެވެ. އާއިލާތަކުން ކުދިންވެސް ތަރާވީހު ނަމާދަށް ގެންދަނީ އެ އަޅުކަމަށް ފަަރިތަ ކުރުވާށެވެ. ބައެއް މީހުން ގޮސް އުޅުނީ ކުރުކޮށް ތަރާވީސް ކުރާ މިސްކިތްތަކަށެވެ. ބައެއް މީހުން ދިގުކޮށް ކިޔަވައި ހަތިމް ކުރާ މިސްކިތްތަކަށެވެ. މިއީ ފެށުނީއްސުތެ ކޮންމެ ރޯދަ މަހަކު ވެސް އަހަރުމެންގެ ތެރޭގައި މިކަން ހިނގަމުން އަައި ގޮތެވެ.

ނަމަވެސް ދުނިޔެއަަށް ވެސް ކުރިމަތިވެފަައިވާ ކޮވިޑް-19 އިގެ ބަލިމަޑުކަން ރާއްޖެއަށް ވެސް އައުމާއި އޭގެ ސަބަބުން އަޅަން ޖެހުނު ފިޔަވަޅުތަކާއެކު ދިވެހިންގެ ދިރިއުޅުމުން ވެސް އެތައް ކަމެއް ބަދަލުވެއްޖެ އެވެ. ދިވެހިން ވެސް މިހާރު ވަނީ "ނިއު ނޯމަލް" އެއްގެ ތެރެއަށް ވަދެ އަހުލުވެރިވާން ޖެހިފަ އެވެ. ނިއު ނޯމަލް މި އައީ ރޯދަ މަހާއެކު އެވެ. އެހެންވެ މުސްލިމުންނަށް ވަނީ މިސްކިތު ޖަމާއަތް ވަގުތީ ގޮތުން ދޫކޮށްލައި ނަމާދުގެ އަޅުކަން ގެެއަށް ބަދަލު ކުރަން ޖެހިފައެވެ.

އެއްވުމާއި ޖަމާއަތް ހެދުމާއި ކައިރިކައިރީގައި އުޅުން އެއީ މިވަގުތު ކުރެވެން ނެތް ކަމަކަށް ވެފައެވެ. އެހެންވެ މިސްކިތްތަކުގައި ވެސް ވަށާ ޓޭޕު ދަމައި މިހާރު ހުރީ ވަގުތީ ބަންދެއްގަ އެެވެ. އެވެ. އޭގެ ސަބަބުން ކޮންމެ ރޯދަ ރޯދަ މަހަކު އެންމެން ވަރަށް ބޮޑަށް ސަމާލު ކަމެއް ދެމުން އައި ތަރާވީސް ނަމާދު ވެސް ކުރަން ޖެހިފައި މި ވަނީ ގޭގެ ކުޑަ ސިޓިން ރޫމުގަ އެވެ.

ބައެއް މީހުން، މާލޭގެ އިސްލާމީ މަރުކަޒުގައި ލޮކްޑައުން ވެގެން ތިބި އިމާމުން ކުރާ ތަރާވީހު ނަމާދު ޓީވީން ލައިވް ކޮށް ގެނެސްދޭ އިރު އެ ނަމާދާ އެއްވަރަށް ގޭގައި ތަރާވީހު ނަމާދު ކުރެ އެވެ. އަދި އެއް ބަޔަކު މުޅީން އަމިއްލަ ޖަމާއަތެއްގަ އެވެ.

ގެއެއްގައި ބައްޕަ އަކާއި އޭނާގެ ދަރިފުޅު ޓީވީގެ ލައިވްއާއެކު ތަރާވީސް ނަމާދު ކުރަނީ

މި ދެތިން ދުވަހެއް ދިޔައިރު ސޯޝަލް މީޑިއާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ އެކި އާއިލާތައް ތަރާވީސް ކުރާ ފޮޓޯތަަކާއި ވިޑިއޯކޮޅުތައް ވަނީ އާންމު ވާން ފަށާފަ އެވެ. ގޭގެ ސިޓިން ރޫމުގައި، މުސައްލަތައް އަޅައި ސަފު ހަދައި އާއިލާތައް އެކުގައި ނަމާދަށް ތިބެ އެވެ.

ގޭގަައި އުޅޭ ކުޑަކުދިންނާއި މަންމަ އާއި ބައްޕަ އެކުގައި ނަމާދު ކުރާތަން ފެނެ އެވެ. އުމުރުން ދުވަސްވީ މާމަ އަށްވެސް އާއިލާގެ ޖަމާއަތުގައި ގޭގެ ސިޓިން ރޫމުގައި ތަރާވީހު ނަމާދު ކުރެ އެވެ. ދޮށީ މީހުން ގޮނޑި ބަހައްޓާލައިގެން ދަރިންނާއެކު ތަރާވީހު ކޮށްލާ އަސަރު ގަދަ މަންޒަރެވެ،

ރަށެއްްގެ އާއިލާއެއް ތަރާވީސް ނަމާދު ގޭގެ ސިޓިން ރޫމުގައި ކުރަނީ: މިއީ ކުރިން ފެނުނު ތަނެއް ނޫން

އުމުރުން 10 އަހަރުން ފަށައިގެން ގަވައިދުން މިސްކިތުގައި ތަރާވީހު ނަމާދު ކުރަމުން އައި މީހަކު ބުނި ގޮތުގައި މިއީ ދުވަހަކުވެސް އޭނާ ހުވަފެނުން ވެސް ދުށް ކަމެއް ނޫނެވެ. އޭނާގެ އުމުރުން މިހާރު 50 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު އާއިލާގެ އެންމެން ގޭގެ ސިޓިން ރޫމުގައި ނަމާދު ކުރަން ހާއްސަކޮށް ތަރާވީހު ނަމާދު ކުރަން ތިބެން ޖެހޭނެ ކަމަށް ހީ ކުރެވިފައި ވެސް ނެތެވެ.

"އަބަދުވެސް ހަނދާން ހުރޭ ތަރާވީސް ނަމާދަށް މިސްކިތަށް ދާ ކަން. އަހަރުމެން މަންމަމެން ކުޑަކުޑައިރުން ފަަށައިގެން ދަސްކޮށްދިންް ގޮތް އެއީ. ރަށު މިސްކިތަށް ރައްޓެހި ކުދިންނާއެކީ ދާނެ ތަރާވީހަށް... މިކަލަ ދުވަހެއް އަންނާނެ ކަމަކަށް ދުވަހަކުވެސް ހިޔެއް ނުކުރަން... މިހާރު ކުރެވެން އޮތް ކަމަކީ ގޭގައި ނަމާދުކޮށް ދުއާ ކުރުން" ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ އެ މީހާ ބުންޏެވެ.

އިސްލާމީ މަރުކަޒުގައި ތަރާވީސް ނަމާދު ކުރަން އެތައް ބަޔަކު ކޮންމެ ދުވަހަކު ދާނެ. މި އަހަރު ވަނީ ތަރާވީސް ވެސް ހުއްޓާލާފައި -- ފޮޓޯ: އަވަސް އާކައިވް

ރޭ އަޅުކަމުގެ ތެރޭގައި ހިމެނޭ ތަރާވީހު ނަމާދު ގޭގައި ކުރުމާމެދު އެއްވެސް ދީނީ އިލްމުވެރިޔަކު ދެކޮޅެއް ނުހައްދަަވަ އެވެ.

ހުޅުމާލޭ ބޮޑު މިސްކިތުގައި ކުރިން އިމާމުވެ ނަމާދު ކުރެއްވި ހަސަން ޒާހިރު އަބްދުލް މަންނާން ވިދާޅުވި ގޮތުގައި، ގޭގައި ތަރާވީހު ނަމާދު ކުރާއިރު ގޭތެރޭގެ މާހައުލު ވީހާވެސް ބޮޑަށް އެކަަމަށް ތައްޔާރު ކުރަން ޖެހެ އެވެ. ގޭތެރޭގެ އެންމެން އެކަމުގައި ޝާމިލް ކުރުން މުހިއްމެވެ.

"ވަކިން ހާއްސަަކޮށް ގިބުލައަށް ސަމާލުކަން ދިނުމާއި ނަމާދުގައި ގުރުއާން ކިޔަވާއިރު ވީހާވެސް ބޮޑަށް ތަޖުވީދުގެ ހުކުމް ތަކަށް ބަލައިގެން ރީއްޗަށް ކިޔެވުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.

އާއިލައެއްގައު ހިނެނޭ ކުދިންތަކެއް ގޭގެ ސިޓިން ރޫމްގައި ނަމާދު ކުރަނީ

މިސްކިތްކާއި މިސްކިތަކުން ބޭރު މަގުމަތީގައި ފުޅާ، ދިގު އަދި ގިނަ ސަފުތަކާއެކު މިދިއަ ހުރިހާ ރޯދަ މަހެއްގައި ކުރަމުން އައި ތަރާވީހު ނަމާދު، ކަން ދިމާކުރި ގޮތުން މި އަހަރު މިއޮތީ ގޭގެ ސިޓިން ރޫމަށް ބަދަލުވެފަ އެވެ. މުޅީ އާއިލާ އެކުގައި މިހާރު ކޮންމެ ރެއަކު ކުރާ ތަރާވީހު ނަމާދު ފޮޓޯތައް އާއިލާތަކުން ދަނީ އެ މީހުންގެ ސްޓޯރީތަކުގެ ގޮތުގައި ދޫކޮށްލަމުންނެވެ. އަދި އެމީހުންގެ ފޭސްބުކް ޕޯސްޓްކުގެ ގޮތުގައި ޝެއާ ކުރަމުންނެވެ.

މި ރޯދަަ މަހުގެ ރޭތައް ގުނަމުންދާއިރު ކޮންމެ ރެއަކުވެސް އިޝާއަށް ފަހު ގޭތެރޭގައި އާއިލާ އެކުގައި ކުރާ ތަރާވީހާއި ވިތުރީގެ ނަމާދުގެ އުފާވެރި ފޮޓޯތަކެއް އެބަ ފެނެ އެވެ. މިއަހަރުގެ މި ތަރާވީހުގެ ފޮޓޯތަކަކީ ވަރަށް ހާއްސަ އެހާ ތާރީހީ ފޮޓޯތަކަކަށް ފަހުން ވާނެ އެވެ. މި ވާހަކަތައް ފަހުން އަދި ދެކެވޭނެ އެވެ. ލިޔެވޭނެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރާހިބު

ދެއްކުންތެރިކަން، ކީއްކުރަން ފޮޓޯ ނަގާފަ އެންމެންނަށް ދައްކަނީ

ލލ

އަޅުގަޑުމެން ކުޑައިރުގައި ރައްފުށުގައި ތަރާވީސް ނަމާދު ކުރަނީ ގޭގައި ބަޔެއް ގެތަކަށް އަވައްޓެރި ކުދިންވެސް އަންނާނެ، ގިނަ ގެތަކުގައި ނަމާދު ކިރަން ހާއްސަ ކޮޓަރިޔެއް ، ނަމަދުގެ، ކިޔާ ތަންކޮޅެއްވެސް ހުންނާނެ އެތާގައި ނަމާދު ކުރާނީ !

ްއަސްލު

ނަމާދަށް ހުންނައިރު ދެފައިތިލަ ގިބްލައަށްބެހެއްޓުން އެއީ ކޮންމެހެންކުރަންޖެހޭކަމެއް...

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910