އެންމެ ބަރަކާތްތެރި މަހަކީ ރޯދަ މަހެވެ. އަަޅުކަމާއި އަަހުވަންްތަކަމާއި އެކުވެރިކަން އަދި އިސްލާމީ ރީތި އެތައް ސިފަތަކެއް ސިފަ ކޮށްދޭ ރޯދަ މަސް މާދަމާ ފަށާނެ އެވެ. ނަމަވެސް ބޮޑު ތަފާތަކާއެކު އެވެ. މުޅި ދުނިޔެ އަށް ކުރިމަތިވެފަައިވާ ކޮރޯނާ ވައިރަަހުގެ ބަލާއާފާތުގެ ސަބަބުން މި އަހަރު ދުނިޔޭގެ މުސްލިމުން ކުރިމަތި މިލަނީ މުސްލިމް އުންމަތް މީން ޒަމާނަކު ވެސް ނުދެކޭ ފަަދަ ތަފާތު ރޯދަަ މަހަަކާ އެވެ.
އެހެންނާ ރޯދަަ މަހަށް ތައްޔާރުވުމުގެ ގޮތުން އާއިލާތައް އެކުގައި ތައްޔާރީތައް ވެއެވެ. އެންމެން އެކުގައި ގޭތެރެ ޒީނަަތްތެރި ކުރުމުގެ ގޮތުންް، ގޭގަައި ކުލަ ލުމާއި ފަރުނީޗަރު ބަދަލު ކުރުން އެއީ ކުރަމުން އައި ކަަންކަމެވެ. ރޯދަަ އަށް ބޭނުންވާ ސާމާނު ހޯދަން ލިސްޓް ހަދައި އެކި މީހުންނަށް އެކި އެއްޗެހި ދީ ބައެއް ފަހަރު އެންމެން އެކުގައި ޗަންދާ އެއް ލައިގެންވިޔަސް ރޯދަައިގެ ފުރަތަމަ ދުވަސް ފަށާނީ ވަރަަށް ފުރިހަމަ ތައްޔާރީތަކާއެކު އެވެ. މި ރޯދަ މަސް މި އައީ އެއިން ކަމެއް ނެތި އެވެ.
ރޯދަ މަހުގެ ފުރަތަމަ ދިހައެއް އެއީ އަަލަށް ރޯދަ ހިފާ ކުދިންނަށް ވަރަށް ހަނދާނުން ފޮހެލަން ދަތި ދުވަސްތަކެކެވެ. ބަނޑުހައި ވެގެން އުޅޭ އުޅުމާއި އޮޅިގެންް ކެވޭ އެތިކޮޅު މަތިން އެތައް އަަހަރެއް ފަހުން ވެސް ހަނދާން ހުންނާނެ އެވެ. އެ ހަނދާންތައް އިތުރު ކުރަނީ އެ ދުވަހު އެންމެން އެކީ ތައްޔާރު ކުރާ އެއްޗެހިންނެވެ. އެހެން ގޭގޭގައި ތިބޭ އާއިލާ ކުދިން ގެނެސްގެންް ރޯދައިގެ ދިގު ފުރަތަމަ ދުވަސް ކުރު ކޮށްލަ އެވެ. ނަމަވެސް މިފަހަރު އާއިލާ އެއްވެސް މީހަކާ ބައްދަަލު ނުވެ، ގޭތެރޭގައި ތިބެން ޖެހޭއިރު ރޯދަ ކުރުކުރުން އޮންނާނީ އެކަނިވެރި ގޮތަކަށެވެ.
ކުޑަކުދިންނަށް ރޯދަ މަހުގެ އެންްމެ އުފާވެރި ގަޑިއަކަށް ވާނީ ހަވީރު ގަޑި އެވެ. އާއްމުކޮށް ބައްޕައާއެކު ނަމަވެސް ބޭރަށް ބުރެއް ޖަހާލަން ދާން ޖެހެ އެވެ. އެކަމަކު މަޑި އަރުވާލައި މޫދު ބަލާލަން ދާ ދިއުން މި ރޯދަަ މަހު ނޯންނާނެ އެވެ. ހުރިހާ ސައިކަލުތަކެއް ޕާކު ކޮށް ތަޅުދަނޑިތައް ވެސް ފޮރުވިތާ އެތައް ދުވަހެކެވެ.
ރޯދަ މަހު އަބަދުވެސް މިސްކިތްތައް ފުރި މަގުމަތީގައި ވެސް ސަފު ހަދާނެ އެވެ. އެންމެން ގަޑިއަށް ނަމާދަށް ގޮސް މިސްކިތްތައް ތޮއްޖެހެ އެވެ. އަދި ރޭގަނޑު ތަރާވީސް ނަމާދާއި ދަމު ނަމާދު ކުރަން އެތައް ހާސް ބަޔަކު މިސްކިތައް ދެ އެވެ.
މި ރޯދަަ މަސް ފަށާއިރު މިސްކިތު ނަމާދު ޖަމާއަތެއް ނޯންނާނެ އެވެ. ތަރާވީހު ނަމާދާއި ދަމު ނަމާދެއް މިސްކިތަކު ނޯންނާނެ އެވެ.
އުމުރުން 10 އަހަރުން ފަށައިގެން ގަވައިދުން ތަރާވީހަށް ދާ މީހަކު ބުނި ގޮތުގައި މިއީ ދުވަހަކުވެސް އޭނާ ހުވަފެނުން ވެސް ދުށް ކަމެއް ނޫނެވެ. އޭނާގެ އުމުރުން މިހާރު 50 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު ރޯދަ އަަށް ތައްޔާރުުވާނެ ގޮތެއްވެސްް މިފަހަރު ނޭނގުނެވެ. -- ރޯދަ މަސް މާދަމާ ފަށަނީ ވެސް މާހެފުމުގެ އެއްވެސް ހަރަކާތެއް ނެތި އެވެ.
"އަބަދުވެސް ހަނދާން ހުރޭ ތަރާވީހަށް ދާ ކަން. އަހަރުމެން މަންމަމެން ކުޑަކުޑައިރުން ފަަށައިގެން ދަސްކޮށްދިންް ގޮތް އެއީ. ރަށު މިސްކިތަށް ރައްޓެހި ކުދިންނާއެކީ ދާނެ ތަރާވީހަށް. ހުޅުމާލެ ބަަދަލުވެގެން ވެސްް ރޯދަ އެއްގައި ތަރާވީހެއް ނުގޮސް ނުހުންނާނެ. ދަމު ނަމާދުވެސް ގަވައިދުން ދަން. މިކަލަ ދުވަހެއް އަންނާނެ ކަމަކަށް ދުވަހަކުވެސް ހިޔެއް ނުކުރަން. އަހަރުމެންނަށް މިހާރު ކުރެވެން އޮތް ކަމަކީ ގޭގައި ނަމާދުކޮށް ދުއާ ކުރުން" ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހެއް އޭނާގެ އިހުސާސްތައް ކިޔައިދިނެވެ.
އަޅުކަމުގެ އިތުރުން މިއީ، އަަހުވަންތަކަމުގެ ގުޅުން ބަދަހިވާ ވެސް މަހެކެވެ. މާލޭގައި އެކި ކަންކަމުގައި އުޅޭ ޒުވާން ކުދިން ރޯދައަށް ޗުއްޓީ އަށް ރަށަށް ދާނެ އެވެ. ހާއްސަކޮށް ކިޔަވާ ކުދިން ހަފުތާ އަކަށް ނަމަވެސް ރަށަށް ދެ އެވެ. ފުރަތަމަ ހަފުތާ ޔުނިވާސިޓީ ތަކާއި ކޮލެޖުތަައް އާއްމުގޮތެއްގައި ބަންދުވެ، އެ ކުދިންނަށް އާއިލާތައް ގާތަށް ދެވެ އެވެ.
ގައުމީ ޔުނިވާސިޓީގައި ކިޔަވާ ކުއްޖަކު ކިޔައިދިން ގޮތުގައި މިއީ ރޯދަަމަހުގެ އެއްވެސް ދުވަހެއް އާއިލާއާއެކުގައި ހޭދަަ ނުކުރާނެ ފުރަތަމަ އަހަރެވެ. މިއީ އޭނާގެ ފަހު އަހަރަށް ވީއިރު މީގެ ކުރީ ދެ އަހަރު ވެސް ރޯދަ ފެށީ ލޯބިވާ އާއިލާ އާއެކު އުފަން ރަށުގަ އެވެ. މިއަދު ކޮލެޖެއް ނެތި ދަތި ހާލުގައި އުޅޭ އިރުވެސް އިތުރު ގޮތެއް ނެތެވެ.
"ރަށަށް ދާން ކިތަންމެ ވަރަކަށް ބޭނުންވިޔަސް މިއަދު ދެވޭނެ ގޮތެއް ނެތް. އެންމެ ހަނދާންވާނީ މަންމަ ހަދާ މީރު އެއްޗެހި. ކޮއްކޮ މެންނާ އާއިލާ އެހެން މީހުންވެސް ވަރަށް މިސްވާނެ މިފަހަރު. ހާރު ކާން ތެދުވާ ގަޑިވެސްް ހަނދާން ވާނެ. މިހާރު އެންމެ ބޭނުމީ މަންމަމެން ގާތުގައި ތިބެން.." ކިޔަވާ ކުއްޖެއް ކިޔައިދިނެވެ.
ކޮވިޑް-19 އިގެ ވައިރަސް ރާއްޖޭގައި ވެސް ފެތުރި އެންމެންގެ ދިރިއުޅުން މިވަނީ އެފުށް މިފުށަށް ޖަހާލާފަ އެވެ. އެގޮތުން ރޯދަމަސް މިއީ ދިވެހިން ދުވަހަކު ވެސްް ނުދެކޭނެ ފަދަ ރޯދަމަ ހަކަށް ވާނެ އެވެ. މީރު ކާއެއްޗެހި ހެދުމުގެ ބަދަލުގައި ހުރި އެއްޗަކުން ފުއްްދާލައިގެން ކާލައިގެން ޖެހޭނެ ރޯދަމަހެކެވެ. ނަމާދުވެސް ގޭގައި ކުރާއިރު އާއިލާ ބައްދަލުވުންތައް ފޯނާއި އެހެން ވަސީލަތްތައް މެދުވެރިކޮށް ކުރާށެވެ.