ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"މި ރަށުގައި މަނަލީ މިސްކިތު ޖަމާއަތް އެކަނި"

އުތުރުގެ ރަށެއްގެ މިސްކިތެއް: މުޅި ރާއްޖޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރާތާ މަސް ދުވަސްވާން ވަނީ ކައިރިވެފައި -- ފޮޓޯ: އާސިމާ ފާރޫގް
39.3%
10.7%
50%

މެދު އަތޮޅުތަކުގެ ރަށެއްގައި ދިރިއުޅޭ މީހަކު އޭނާގެ ފޭސްބުކް ވޯލްގައި މިހެން ލިޔެފި އެވެ. އޭނާ އެ ކުރަނީީ ވަރަށް ބޮޑު ސުވާލެކެވެ: "ކޮވިޑްގެ ބަލިމަޑުގެ އަސަރެއް މާތްﷲ ގެ އިރާދަފުޅުން މި ރަށަކަށް ނުފޯރާ. މިރަށު މީހަކަށް ވެސް އެ ބައްޔެއް ނުޖެހޭ. މިދިޔަ މަހުގެ 15 އިން ފެށިގެން ރަށަށް އަރާ ފޭބުން އޮތީ މަނާ ކޮށްފައި. ނަމަވެސް އާންމު އުސޫލުން ރަށުގައި ހުރިހާ ކަމެއް ވެސް ހިނގާ. މަސްވެރިން މަހަށްދޭ. ދަނޑުވެރިން ދަނޑަށްދޭ. ހޮޅުއަށިތަކަށް ފިނިކުރަން ދެވޭ. މަގުމަތީ އެކުގައި ހިނގާ އުޅެވޭ. އެކަމު މިސްކިތުގައި ޖަމާއަތް ހެދުން މަނާ! އެހެންވީމަ މި ރަށުގައި މަނާ ކަމަކަށް އޮތީ ޖަމާއަތް ހަަދައިގެން ނަމާދު ކުރުން އެކަނި. އެ ކީއްވެ؟"

ކޮވިޑް-19 އިގެ ބަލާމުސީބާތުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މިދިއަ މާޗް މަހުގެ 18 ވަނަ ދުވަހުގެ އަސުރުން ނަމާދުން ފެށިގެން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ ހުއްޓާލާފަ އެވެ. އެ މުއްދަތު އިތުރު ކުރަމުން ގޮސް މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މިސްކިތުގައި ޖަމާއަތް ހެދުން ވަނީ މަނާކޮށްފަ އެވެ. މިސްކިތްތައް ވަނީ ފަޅުވުމުގެ އިތުރުން އަޅައިލާނެ ބަޔަކުވެސް ނެތި ގޮނޑުވެސް ވެފައެވެ. ދެ މަހާއި 22 ދުވަހަށް މާލެ އާއު ހުޅުމާލެ އަދި ވިލިމާލޭގެ މިސްކިތްތައް ބަންދުވީ އެވެ. ހުކުރު 11 ޖަމާއަތެއް ކެންސަލްވީ އެވެ.

ކޮވިޑްގެ ބަލިމަޑުކަން ރާއްޖޭގައި ބޮޑުވެ، ކޮންމެ ދުވަހަކު އެތައް ބަޔަކު ޕޮޒިޓިވްވާން ފެށުމުން އަދި ބައެއް ރަށްރަށުން ކޮވިޑްގެ ބަލި މީހުން ފެންނަން ފެށުމާއެކު މުޅި ރާއްޖޭގައި މިސްކިތުގައި ޖަމާއަތް ހެދުން ސަރުކާރުން މަނާ ކުރި އެވެ. އިސްލާމިކް މިނިސްޓްރީގެ އެ ނިންމުން އައީ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އެވެ. އޭގެ ފަހުން މަސް ދުވަސް ހަމަވާން ބާކީ އޮތީ މިއޮތީ ހައެއްކަ ދުވަހެވެ.

މާލޭގެ އިތުުރުން ކޮވިޑް ފެނި ފައިވަނީ އަދި ހަ ރަށުންނެވެ. އެއީ ހއ. އުލިގަމާއި އެއަތޮޅު ތަަކަންދޫ އާއި ށ. ނަރުދުއާއި އެ އަތޮޅު މިލަންދު އާއި ނ. މަނަދޫގެ އިތުރުން މާލެ އަތޮޅު ތުލުސްދޫންނެވެ. ފަހުން ސ. އަތޮޅުން ވެސް ކޮވިޑްގެ ކޭހެއް ފެނުނެވެ. އެކަމަކު އައްޑޫގެ އެ މީހާގެ ނަތީޖާ އާއި މަނަދޫން ޕޮޒިޓިވްވި މީހާގެ ދެވަނަ ނަތީޖާ ވަނީ ނެގެޓިވްވެފަ އެވެ.

މީގެ ތެރެއިން އުލިގަމާއި މަނަދޫ އާއި މިލަންދޫއިން ބަލި ޖެހިފައިވަނީ އެންމެ މީހަކަށެވެ. އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ށ. ނަރުދޫންނެވެ. ނަރުދޫގައި ދުއްވާ "އަމާޒު" ބޯޓްގެ ކެޕްޓަނާއި އޭނާގެ އާއިލާގެ ނުވަ މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. ތަކަންދޫން ތިން މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ތުލުސްދޫން ޕޮޒިޓިވްވީ އެ ރަށުގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ބައެކެވެ.

ރާއްޖޭގައި އެ ނޫން އެއްވެސް ރަށަކުން މިހާތަނަށް ކޮވިޑް ބަލި އަދި ފެނިފައެއް ނުވެއެވެ. އަދި ބަލިން ރައްކާތެރިވުމަށް ވަރުގަދަ ފިޔަވަޅުތައްވެސް ވަނީ އަޅާފަ އެވެ. އެގޮތުން ރަށްރަށައް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ. އަދި ކޮންމެ ރަށެއްގައި ޓާސްކް ފޯހެއް އެކުލަވާލައި ރަށު ފެންވަރުގައި ވެސް ވަނީ ފިޔަވަޅުތައް އަޅާފަ އެވެ.

މިއަދުގެ މިހާތަނަށް އެޗްޕީއޭގެ މޮނިޓަރިންގައި އޮތީވެސް މާލެ ނުހިމަނައި ފަސް ރަށެވެ. އެއީ ކޮވިޑްގެ ބަލި މީހުން ފެނުނު ރަށްތަކެވެ. އެ ރަށްތަކުގައި ނޫނީ ގެއިން ބޭރަށް ނުކުމެ އުޅުން ފަދަ ކަންކަން މަނާ ކޮށްފައިވާ ރަށެއް ރާއްޖެއަކު ނެތެވެ.

އެހެން ހުރިހާ ރަށެއްގައި ގޭގެއަށް ޒިޔާރަތް ކުރުމާއި، ތަށިބަރި ގެންދިއުމާއި، މޫދަށް ދިއުމާއި، ފިނިކޮށްލަން އަތިރިމައްޗަށް ނިކުތުމާއި ރަށް ކުނިކަން އަންހެން ވެރިން ނިކުތުމާއި، މަހަށް ދިއުމާއި، އެ ނޫންވެސް އާންމުކޮށް ހިނގާ ހުރިހާ ކަމެއް ހިނގައެވެ. ހަމައެކަނި ތަފާތަކީ އެއް ރަށުން އަނެއް ރަށައް މީހުން ދަތުރުކޮށް ނޫޅޭ ކަމެވެ.

އެހެން ކަމުން މި ހާލަތުގައި އެފަދަ ރަށްރަށުގައި މިސްކިތުގައި ޖަމާއަތް ހެދުން ހުއްޓާލާފައި އޮތުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި މިސްކިތްތައް ހުލުވުން ލަސްވެފައި ވުމާއި ފަޅުވެފައިވާ މިސްކިތްތައް ސާފު ނުކުރާ މައްސާލައިގައި ވެސް އާންމުންގެ ކަންބޮޑުވުންތައް މިދިއަ ދެތިން ދުވަހުން ފެށިގެން ބޭރުވާން ފަށައިފި އެވެ.

މާލޭގެ މިސްކިތެއް: މިސްކިތްތައް ބަންދުކޮށްފައިވާތާ ދެ މަސްވާން ކައިރިވެފައިވާއިރު ގިނަ މިސްކިތްތައް ސާފުވެސް ނުކުރޭ --

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ޝަމީމް ވިދާޅުވި ގޮތުގައި ބަލީގެ ނިޝާނެއް ނެތި ރަށު ބަންދުގައި ތިބޭއިރު މި ހާލަތުވެސްގައި ނުރައްކަލެއް އޮތްނަމަ ޓާސްކް ފޯހުގެ ބެލުމުގެ ދަށުން މިސްކިތްތުގެ މުވައްޒިފުން އެކަނި ނަމަވެސް ޖަމާއަތުގެ ނަމާދުތަކުގެ ޖަމާއަތް ކުރިއަށް ގެންދެވޭނެ ގޮތެއް ބޭނުންވެ އެވެ.

"ބަލީގެ ތުހުމަތުތަކާ ނުލައި ބަންދުގައި، ހުކުރާއި ނަމާދުގެ ޖަމާއަތް ނުކޮށް ތިބޭތާ ތިން ހަފުތާ ވެގެން ދަނީ. ޖަމާއަތް ހެދުން އަދިވެސް ނުރައްކާތެރި ވެދާނެތީ ޓާސްކުފޯސްގެ ބެލުމުގެ ދަށުން އޮފިޝަލް އަދި މިސްކިތު މުވައްޒިފުން އެކަނި ނަމަވެސް ކޮންމެވެސް އެއް މިސްކިތެއްގައި ޖަމާއަތާއި ހުކުރު ކުރެވޭނެ ގޮތް ބޭނުން." ޝަމީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

އަވަސްއާ ވާހަކަ ދެއްކެވި ބައެއް ދީނީ އިލްމުވެރިން ވެސް ވިދާޅުވަނީ ބަލީގެ ހާލަތު މިހާރު އޮތް ގޮތަށް ބެލުމަށްފަހު ބަލީގެ އެއްވެސް ނިޝާނެއް ނެތް ރަށްރަށުގައި ނަމާދު ޖަމާއަތް ފަށަން ޖެހޭ ކަމަށެވެ. އެ ރަށްރަށް ބަންދު ކޮށްފައިވާއިރު އަދި އިތުރު ބަޔަކު ރަށަށް އަރާ ނުހަދާއިރު މިސްކިތްތަކުގެ ޖަމާއަތް މުޅި ރާއްޖޭގައި މި ވަގުތު ހުއްޓިފައި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.

"މިނިސްޓްރީން ފުރަތަމަ އެ ފިޔަވަޅު އެޅިއިރު އޮތް ހާލަތެއް ނޫން މިހާރު މި އޮތީ. އަޅުގަނޑުމެންނަށް އެބަ އެނގޭ މިހާރު ބަލި ފެނުނު ރަށްތައް. އެހެންވީމަ ބަލީގެ އެއްވެސް އަލާމާތެއް ނެތް ރަށްރަށުގައި އަދި އަމުދުން އާންމު ހާލަތުގައި ހުރިހާ ކަމެއް ކުރެވެމުން ހިނގަމުންދާ ރަށްރަށުގައި ހަމައެކަނި މިސްކިތުގެ ޖަމާއަތް ހުއްޓިފައި އޮތް އޮތުން އެއީ ދެރަކަމެއް. އަޅުގަނޑުގެ ނަޒަރުގައި އިސްލާމިކް މިނިސްޓްރީން އެކަންކަމަށް ރިއާޔަތްކޮށް މިވަގުތަށް ނިންމުމެއް ނިންމަންޖެހޭ ކަމަށް ދެކެން." ދީނީ އިލްމުވެރިއަކު ވިދާޅުވި އެވެ.

29 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަލިބެ

ބަޔަކުތިބިކަން ހަދާންކުރާތި ވަރައްވާހަކަމީ

ނިޒާރު

ތަކަންދޫ މިސްކިތް ކުނިކަހާ ސާފުކޮށްލަން ބުނޭ ގޭމީހުންނާ ގުޅާލާފަ، ދެން އެހެންމީހުންގެ ވާހަކަ ލިޔޭ. ޙަމީދު ދަންނަ ދީނީ ޢިލްމުވެރިޔަކީ ހަމައެކަނި އާދަމް ނަސީމް. ޢަހަރެމެންނަށް ކޮންމެދުވަހަކު ޓީވީ ތަކުން ކޮވިޑާ ގުޅޭގޮތުން ދީނީ ނަސޭހަތް ދޭން މިއުޅުއްވާ ބައިވަރު ޝެއިޚުން މިވަނީ ބާޠިލް ބަޔަކަށްތާދޯ. ޙަމީދު ހީވަނީ ކޮންމެވެސްތަނަކުން ވީއްލިގެން އުޅޭހެން

ހަމަ ބުނެލީ

ތި ކިޔާ ރަށުގައި އެކަނި އެެއް ނޫން ވަރަށް ގިނަ ރައްރަށުގައި. ދަނޑުވެރިކަމުގެ މައްސަލައަކީ ކޮބާ؟ 2 މީހަކު އުޅޭނީ ގޮސް ެ ގަސް ތައް ބަލާފަ އަންނަން ވީ. މަސް ބާނައިގެން ކެވޭނީ. އަދި ކޮވިޑް ނެތް ތަންތާނގަ ޖަމާއަތުގައި ނަމާދުކޮށް ދޫއާ ކުރެވެންވެސް ޖެހޭނެ. ދުއާއަކީ ﷲ ގެ އަޅުންގެ އެންމެ ބާރުގަދަ ހަތިޔާރު.

ޢަލީ އާދަމް

ކިރިޔާ ވެސް ޗާންސެއް އޮތިއްޔާ އިސްލާމް ދީނަށް އިހާނެތި ވާނެ ކޮންމެ ކަމެއް މި ސަރުކާރުން ކުރާނެކަން ނޭނގުނީ މި ލިޔުން ލިޔުނު މީހާގެ މަޢުލޫމާޓުގެ އުނިކަން. މި ސަރުކާރުގެ އެޖެންޑާ19 އައީ ލާދީނިއްޔަތު ފަތުރަން. އެކަމަށް މަގުފަހިކުރާން ސަބަބަކަށް މިހާޜު މިހެދީ ކޮވިޑް19.

ެަހުހޫ

އޮޅިގެން ޑިސްލަ އިކެ އް ދެވި އްޖެ.

މޮނާޒާ އެން ބޯގަނޑުވިލާ

ލާދީނީ ސަރުކާރަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ބަލައި އަވަސްއަވަހަށް ޖަމާއަތް އުވާލީ. ދުވަސްކޮޅަކުން މިސްކިތްތައް ތަޅަން ފަށާނީ.

ސަކީނާ

ނޫސްވެރިޔާ ވަރަށް ބޮޑަށް ފިތުނަ އުފައްދަން މަސައްކަތްކޮށްފައި އޮތްކަން ފާހަގަ ކުރެވޭ. ތިޔަ ރަށުގެ ސްކޫލްތަކާއި އޮފީސްތައް ހުރީ ހުޅުވާފަތަ؟ނޭގިހުއްޓާވެސް ބަލި ފެތުރިދާނެ. މިސްކިތަށް އެންމެ ގިނައިންދަނީ އުމުރުން ދުވަސްވީމީހުން. އެފަދަ ބޭފުޅުންނަކީ ތަފާތު ގެތަކުން އަންނަމީހުން. ހުރިހާ ކަމެެއް މޮޅަށް ދެނަވޮޑިގެންވަނީ ﷲ.

އަންތަރީސް

ބަލި ފަތުރާތީތަ ބުނެވެނީ މި ވެނި ދުވަހަކު މިހާވަރަށް ބަލި ޖެހިފައި މީހުން ތިބޭނެޔޭ. މީ ޞިނާޢީ އެއްޗެހި އުފައްދާ ކާރުޚާނާއެއް ނޫނިއްޔާ. ބަޔަކު އަޑީގައި ތިބެގެން ހިންގާ ޖަރީމާއަކާ ވައްތަރީ.

މަރިޔަމް މަަ

ކޮބާތޯ މިނިސްޓަރ ޔުމްނާ

ހެހެހެ

މިއުޒިކް ޖަމްއިއްޔާ ކޮވިޑުން ރައްކާތެރިކުރަން އޭގަ ބައްދައިގަނެގެން އެއަންހެންމީހާ އޮތީ.

ބޭނުން

މިސްކިތް ސާފުތާހިރުކޮން ކުނިކަހަން ޖެހޭ... އިސްލާމްމީ ގާނޫނަން ވުރެ މަތީ ގާނޫނެއް ނުވޭ. ހަމަ އެކަނި މިސްކިތު ޖަމަާއަތް މަނާވުން ކަންބޮޑުވޭ.. މިސްކިތުގެ މުވައްޒަފުން ނަމަވެސް މިސްކިތް ފަޅުނުކުރުން އެދެން

ހައިރާން

ބަލަރާއްޖެތެރޭ ރަށްރަށްށުގެދިރިއުޅުން ތަފާތުވާނެ ރަށަށްބަޔަކުއަންނަނީވިއްޔާއެގޭނެ ނޭގިިނައާދެވޭނެ މިހާރަކު ދެންކޮބާމައްސަލައަކީ ޖަމާއަތުގައިނަމާދުކުރުމުން މީމިމީހުންގެރޭވުމެއް ކޮވިޑު ނެތްކުދިރަށްރަށުގައިނަމާދުކޮށްދުއާކުރުމަރަގަޅުކަމެއް ޖަމާއަތުގައި

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345