ވިޔަފާރި

އާ ޝިޕްމަންޓެއް ގެނެސް އެސްޓީއޯއިން ފިޔާ، ބިސް ހޯލް ސޭލް ކުރަނީ

Apr 27, 2020
1

ސަރުކާރުގެ މައި ކުންފުނި، އެސްޓީއޯ އާ ޝިޕްމަންޓެއް ގެނެސް، ފިޔާ އަދި ބިސް ހޯލްސޭލް ކުރަން ފަށާފައިވާ ކަމަށް ބުނެފި އެވެ.

އެސްޓީއޯ އިން ބުނީ ފިޔާ އަދި ބިސް ގަންނަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން ނަމްބަރަށް ގުޅުމުން ގަނެވޭނެ ކަމަށެވެ. އެކަމަކު، އޯޑަރު ދިނުމަށް ގުޅާނީ ހެނދުނު 10:00 އިން މެންދުރު ފަހު 3:30 އާ ދެމެދުގެ އެވެ.

ދަތުރު ކުރުމުގެ ހުއްދަ އޮންނަ މީހުން އެސްޓީއޯ އަށް ދިއުމުން އެ ތަކެތި ލިބޭނެ ކަމަށާ، ތަކެތި ގަންނަން ބޭނުންވާ ފަރާތް ތަކުން 7291123 އަދި 7291125 ނަމްބަރަށް ގުުޅުމަށް ވެސް އެސްޓީއޯއިން ބުންޏެވެ. ނަމަވެސް މީގެ ތެރޭގައި އަލުވި ނުހިމެނޭނެ ކަމަށް ބުނެފައިވެ އެވެ.

އެ ކުންފުނިން ވަނީ ދަނޑުވެރިންގެ އަތުން މޭވާ އާއި ތަރުކާރީގެ ބައެއް ބާވަތްތައް ގަންނަން ތައްޔާރު ވަމުންދާ ކަމަށް ބުނެފަ އެވެ. ނަމަވެސް މި ތަކެތި އަދި ގަންނަން ފަށާފައެއް ނުވެ އެވެ.

އެސްޓީއޯ އިން ދަނީ ރާއްޖޭގެ ބާޒާރުގެ އަގުތައް ހިފެހެއްޓޭ ތޯ މަސައްކަތް ކުރަމުންނެވެ. ރޯދަ މަހާ ދިމާކޮށް އެ ކުންފުނިން ވަނީ ފިޔާ، އަލުވި އަދި ބިހުގެ ބޮޑު ޝިޕްމަންޓެއް ގެނެސްފަ އެވެ.