ޔުއެފާ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމުގެ އަމާޒުގައި، ދުނިޔޭގެ ފެންވަރުގެ ދެ ކުޅުންތެރިން ބަޔާން މިޔުނިކަށް ގެންދަން މަސައްކަތް ކުރާ ކަމަށް އެ ކުލަބުގެ ސްޕޯޓިން ޑައިރެކްޓަރު ބުނެފި އެވެ.
ޗެމްޕިއަންސް ލީގް ބަޔާއިން ކާމިޔާބު ކުރީ މީގެ ހަތް އަހަރު ކުރިން، 2013 ވަނަ އަހަރު އެވެ. ބަޔާންއިން ގަބޫލު ކުރަނީ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމަށް ޓްރާންސްފާ މާކެޓްގައި ހަރަދު ކުރަން ޖެހޭނެ ކަމަށެވެ. ބަޔާން އިން އެންމެ އަގު ބޮޑުކޮށް ހެދި ޓްރާންސްފާ އަކީ އެތުލެޓިކޯ މެޑްރިޑްގެ ލޫކަސް ހެނާންޑޭޒް ހޯދުމެވެ. އޭނާގެ ޓްރާންސްފާ ފީ އަކީ 80 މިލިއަން ޔޫރޯ އެވެ.
"ޔޫރަޕްގެ ޓޮޕް ކުޅުންތެރިޔަކާއި އަދި ދުނިޔޭގެ ފެންވަރުގެ ތަރިއެއް މި ޓީމަށް ގެންގޮސް ބަޔާން ވަރުގަދަ ކުރަން އަހަރެމެން ބޭނުން ވަނީ،" ބަޔާންގެ ސްޕޯޓީން ޑައިރެކްޓާ އަދި ކުރިން އެ ޓީމަށް ކުޅުނު ޑިފެންޑަރު ބޮސްނިއާގެ ހަސަން ސަލިހަމިޒިޗް ބުންޏެވެ. "އެ ކުޅުންތެރިންނާއެކު ބަޔާންގެ ފެންވަރު ރަނގަޅުވެ ސަޕޯޓަރުން ބަލާ ހިތްވާ ކަހަލަ ގޭމެއް ފެނުން ބޭނުން ވަނީ."
"މި ކުލަބުގައި ތިބި އެންމެން މިހާރު ބޭނުން ވަނީ ޗެމްޕިއަންސް ކާމިޔާބު ކުރަން."
އޭނާ ބުނީ، ޓްރާންސްފާ މާކެޓްގައި ހަރަދު ނުކޮށް އެކަން ނުކުރެވޭނެ ކަމަށެވެ. ރެޑްބުލް ލައިޕްޒިގްގެ ޓިމޯ ވާނާ އާއި މެންޗެސްޓާ ސިޓީގެ ލިރޮއީ ސަނޭ ގެނައުމަށް ބަޔާއިން ވަނީ ކުރިން މަސައްކަތްފަ އެވެ
ޖަރުމަންގެ ލީގް އަންނަ މަހު ކުރީ ކޮޅު ފެށުމަށް އެ ގައުމުގެ އެފްއޭ އިން ދަނީ މަސައްކަތް ކުރަމުންނެވެ.