ބަޔާން މިއުނިކް

ލައިޕްޒިގްގެ ޑިފެންޑަރު އަޕަމެކާނޯ ބަޔާންއަށް

ޑޭޔޮޓް އަޕަމެކޯނޯ، އަންނަ ޖުލައިގައި އޭނާ ބަޔާން އަށް ބަދަލު ވާނެ
0%
0%
0%

ރެޑްބުލް ލައިޕްޒިގްގެ ޑިފެންޑަރު ޑޭޔޮޓް އަޕަމެކޯނޯ، ބަޔާން މިޔުނިކަށް ބަދަލުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފްރާންސްގެ ޑިފެންޑަރުގެ ޓްރާންސްފާ އަށް 42.5 މިލިއަން ޔޫރޯ، ލައިޕްޒިގަށް ދިނުމަށް ބަޔާންއިން ވަނީ އެއްބަސް ވެފަ އެވެ. ދެ ކުލަބުގެ ދެމެދުގައި ވެވުނު އެއްބަސްވުމަށް އަމަލު ކުރާނީ އަންނަ ޖުލައިގަ އެވެ. މި ސީޒަން ނިމެންދެން އަޕަމެކޯނޯ ހުންނާނީ ލައިޕްޒިގް އެވެ.

ފްރާންސްގެ ކުލަބު ވެލޯންސިއަންސްގައި ހޭދަ ކުރުމަށް ފަހު، އަޕަމެކޯނޯ ރެޑްބުލް ސަލްޒްބާގަށް ބަދަލުވީ 2015 ގަ އެވެ. ރެޑްބުލްއިން ހިންގާ އެންމެ ވަރުގަދަ ޓިމު، ލައިޕްޒިގަށް އަޕަމެކޯނޯ ބަދަލުވީ ސަލްޒްބާގައި އެއް އަހަރު ހޭދަ ކުރުމަށް ފަހު އެވެ. އުމުރުން 22 އަހަރުގެ ޑިފެންޑަރު ވަނީ ލައިޕްޒިގަށް 129 މެޗު ކުޅެފަ އެވެ.

"އުފަލާއެކު އަހަރެމެން އެކަން ކަށަވަރު ކޮށްދެން،" ބަޔާންގެ ސްޕޯޓިން ޑައިރެކްޓާ ބޮސްނިއާގެ ހަސަން ޝަލިޒަމޮޗް (ބްރާޒޯ) އަޕަމެކޯނޯ ގެ ޓްރާންސްފާ އާ ބެހޭގޮތުން ޖަރުމަންގެ ބިލްޑަށް ދިން އިންޓަވިއުގައި ބުންޏެވެ. އަޕަމެކޯނޯގެ ޓްރާންސްފާ ބަޔާންއިން ހެދީ، ޑޭވިޑް އަލަބާގެ މަގަމު ފޫބެއްދުމަށެވެ. މި ސީިޒަނަށް ފަހު އަލަބާ ރެއާލް މެޑްރިޑަށް ބަދަލުވާ ގޮތަށް މިހާރު ވަނީ ހަމަޖެހިފަ އެވެ. އޭނާ ރެއާލްއަށް ބަދަލު ވަނީ ހިލޭ ޓްރާންސްފާއެއް ދަށުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345